ހަވާ އެރުވުމުމަކީ މިހާރު ހައްދެއްނެތް މިންވަރަށް ރާއްޖޭގައި އާންމުވެފައިވާ ކަމެކެވެ. އަލިގަދަ ގުރަހަތަކެއް މަތިން ދަތުރުކުރާހެން ހަވާ ފެންނަނީ ލޮަލަށްވިރުވާ އަޅާފައިވާ ވިދުވަރެއްހެނެވެ. އަޑުއަޑުލަމުން ހަވާ ޕަކަޕަކަ ލަނީ ހަވާ ފަޓާސްބަރިއެއްހެނެވެ. މިއީ މަޖާކަމެކެވެ. ފޯރިގަދަކަމެކެވެ. އެކުވެރިންނާއި ރަހުމަތްތެރިންނާއި ގާތްމީހުންވެސް ހަވާ ބެލުމަށްދަނީ އެ އުފަލުގައި ބައިވެރިވުމަށެެވެ.
ދިވެހިންނަށް އެންމެ އުފާވެރި ކޮންމެ ވަގުތެއްގައި ހަނދާންނަށް އަންނަނީ ޖައްވަށް ދޫކޮށްކޮލެވޭ ހަވާ ފަޓާސްބަރި މަތިންނެވެ. މިހާރު ކޮންމެ އުފާވެރި މުނާސަބަތަކުން ހަވާއަޑުގެ ގުގުމާލައެވެ. މީގެ ކުރިން އަހަރެމެންނަށް ހަވާގެ އަޑުފައްގަނޑު އިވުނީމަ އެއީ ކޮންއަޑެއްކަމެއް ނުއެއް އެނގެއެވެ. އެއީ ވަރަށް ހާއްސަ މުނާސަބަތެއްގައި އެކަނި އިވޭ އަޑުތަކެއް ކަމަށްވާތީއެވެ. މީގެ ކުރިން ހަވާ އަރުވަނީ ރިޒޯޓްތަކުގައާ އާ އަހަރު ފާހަގަކުރުން ފަދަ ކަންކަމުގައެވެ.
ނަމަވެސް މިހާރު ހަވާއަރުވަނީ މުޅިހެން ތަފާތުކޮށެވެ. ސިޔާސީ ގޮތުން ކޮންމެ ބޮޑު ނިންމުމަކާއެކު ވެސް ހަވާ އެރުވުމަކީ ކޮންމެހެން ލާޒިމް ކަމަކަށްވަނީ ވެފައެވެ. އުފަންދުވަހުގެ ހަފްލާތަކާއި ކައިވެނި ހަފްލާ ތަކުގައިވެސް ހަވާ އަރުވަނީއެވެ. ދަރިއަކު ލިބުނީމަވެސް ހަވާއަރުވަނީއެވެ. ހިތާނީ ހަފްލާތަކުގައިވެސް ހަވާއަރުވަނީއެވެ. މީ ތަފާތު ކަމެކެވެ. މިއީ މަޖާ ކަމެކެވެ. އެއްމެން އެއްތަނަކަށް އެއްތަންކުރުމަށްވެސް ހަވާއެރުވުން އާންމު ވެއްޖެއެވެ.

ހަވާއެރުވުމުގެ ހަރަކާތެއްގެ ތެރެއިން/ ފޮޓޯ ގޫގްލް
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކުރުމަށް މާލޭގެ އާޓީފިޝަލް ބީޗްގައި ހަވާއެރުވިއެވެ. އޭގެފަހުން ހަފްތާއެއް މިދަނީ ފާއިތުވަމުންނެވެ. ކޮންމެ ރެއަކުހެން ހަވާ އެރުވުމާއިއެކު ބަޑިބޭހުގެ ކުޅިވަރުތައްދަނީ ކުޅެމުންނެވެ. މާލޭގަޔާއި ރާއްޖެތެރޭގެ އެކިރަށްރަށުގައެވެ. ދާއިރާތަކަށް ހޮވުނު މެމްބަރުން އެ ދާއިރާތަކަށް ވަޑައިގެން އެ ރަށްތަކުގައި ހަވާއަރުވާފައިވާއިރު، ލ. އަތޮޅާއި، އަދި ތިނަދޫ ސިޓީގައިވެސް ވަނީ ހަވާއަރުވާފައެވެ.
ގެމަނަފުށި ދާއިރާގަވެސް ހަވާއަރުވާފައިވާއިރު، ހުޅުމާލެ ދާއިރާތަކުންވެސް ހަވާއަރުވާފައި ވެއެވެ.
ރާއްޖެއަށް ފުރަތަމަ ހަވާއަރުވާ ބަޑިބޭހުގެ ކުޅިވަރު ދިވެހިން ދެކެފައިވަނީ 2000 ވަނަ އަހަރުގައެވެ. ގަރުނެއްގެ ނިމުން ފާހަގަކުރަން ބޭއްވި ހަފްލާގެ ތެރެއިން ރައީސް މައުމޫނުގެ ދުވަސްވަރުއެވެ. ނަމަވެސް އޭރު އެ މަންޒަރު ދުށްމީހުންނަށްވީ ބިރުވެރި މަންޒަރަކަށެވެ. އެއީ އަލިފާން ކަންޏެއް ޖެހިދާނެ ކަމަށް ފިލަންތިބެ ހަވާ ބެލި ޒަމާނެވެ.
ނަމަވެސް މިއަދު މިއީ އާންމު ކުޅިވަރެވެ. ކޮންމެ މީހަކުވެސް މި ބަޑިބޭހުގެ ކުޅިވަރަށް ޝައުގުވެރިކަން ހުރެއެވެ. ހަވާ ދިވެހިންގެ ހިތްތަކާއި ގުޅުވައިދީފިއެވެ. ޕަކަޕަކަލާފައި މައްޗަށް އަރައިގެންދާ އަލިފާން ކަނިތަކެއް ބުރައިގެންދާ މަންޒަރުމީ ހިތަށް އުފާވެރިކަން ގެނެސްދޭ ކަމަކަށްވަނީ ވެފައެވެ.

ހަވާ ބަޑިބޭހުގެ ކުޅިވަރު ދިވެހިން/ފޮޓޯ ގޫގްލް
ރާއްޖޭގެ އެންމެބޮޑުކޮށް ހަވާއަރުވާފައިވަނީ ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. އެއީ ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދާފައިވާ ބަޔަކާއިއެކު ހަވާއެރުވުން ކުރިއަށް ގެންދެވިފައިވާތިއެވެ. ސިނަމާލެ ބްރިޖު ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާ އެރުވުމުގެ ހަރަކާތަކީ ވަރަށް ހާއްސަ ހަރަކާތެއްކަން އޭރުގެ ހައުސިން މިނިސްޓަރު މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަ ކުރައްވާފައެވެ. އެއީ ރާއްޖެ އުމްރާނީ ގޮތުން ކުރިޔަށްދިޔަ އެންމެ ބޮޑު އެއް މަޝްރޫއުއަކީ ސިނަމާލެ ބްރިޖު ކަމަށްވާތީއެވެ. އެ ރަސްމިއްޔާތު އެންމެ ހާއްސަވެފައިވަނީ ހަވާ އެރުވުމާއިއެކު ލޭސާރ ލައިޓުން އެ ސަރަހައްދު ދިއްލުން ވެސް މެއެވެ.
ބުރިޖް ހުޅުވުމުގެ މި ހަރަކާތުގައި ހަވާބަލާލުމަށް އެންމް ގިނަބަޔަކު އެއްވީވެސް މި ތަފާތު ބޮޑު ހަރަކާތުގައި ބައިވެރިވުމަށެވެ.

ސިނަމާލެ ބުރިޖް ހުޅުވުމުގެ ރަސްމިއްޔާތުގައި ހަވާއެރުވުމުގެ ހަރަކާތުގެ ތެރެއިން/ފޮޓޯ ގޫގްލް
ރާއްޖެ ހަވާ އެތެރެކޮށް ބަލަހައްޓަމުން ގެންދަނީ ޑިފެންސް މިނިސްޓްރީންނެވެ. އާންމުކޮށް ސިފްކޯއިން ހަވާއަރުވަނީ އަމިއްލަ ވިޔަފާރިތަކަށާއި، ސަރުކާރުގެ އިވެންޓްތަކަށާއި އަމިއްލަ މީހުންގެ ހަރަކާތްތަކަށެވެ.
އާއްމުކޮށް މާލޭގައި ހަވާ އަރުވައިދެނީ މިނިޓަކަށް 500 ޑޮލަރަށެވެ. ހަވާއަރުވާ މީހުން ގިނަވެގެން ފަސް މިނިޓަށް ހަވާ އަރުވައެވެ.
ހަވާ އެރުވުމުގެ އަގުތަކަށްބަލާއިރު، 2014 ވަނަ އަހަރުން ފެށިގެން އާއްމުކޮށް މީހުން ހަވާ އަރުވަމުންއައީ 2،000 ޑޮލަރަށެވެ. އެންމެ ބޮޑުކޮށް މިއުޒިކަލް ފަޔާރ ވޯކްސް އަރުވާފައިވަނީ މިނިޓަކަށް 3،500 ޑޮލަރުގެ ރޭޓުންނެވެ.

