ފުވައްމުލަކު އެކްސިޑެންޓްގައި އަނިޔާވި މީހާގެ ހާލު ސީރިއަސްވެ އައި.ސީ.ޔޫގައި ފަރުވާދޭން ފަށާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުވައްމުލަކުގައި ހިގި އެކްސިޑެންޓްގައި އަނިޔާވީ 3 މީހަކަށެވެ. ހޮސްޕިޓަލުގައި ހާލު ދެރަވެ ފަރުވާދެނީ އެގެތެރެއިން އެކަކަށެވެ. އައިސީޔޫގައި ފަރުވާދެނީ ސައިކަލް ދުއްވި އުމުރުން 27 އަހަރުގެ މީހާއަށެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓްހިގާފައިވަނި އިއްޔެ ރޭގެ 22:48 ހާއިރުކަމަށެވެ. އެ އެކްސިޑެންޓްގައި ފުވައްމުލައް ސިޓީގައި ދުއްވަމުންދިޔަ 2 ސައިކަލެއްޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.
ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައިވަނީ ފުވައްމުލައް ސިޓީގެ އެއަރޕޯރޓް ސަރަހައްދުގައި ހަރުކޮށްފައިވާ ގިޑިގެއެއްގެ ބައެއް ގައި ޖެހިގެން ކަމަށެވެ. އެގޮތުން ގިޑިގައިގެ ބައި ނެއްޓިފައިވަނިކޮށް ސައިކަލް ބާރަށް ދުއްވާފައި ދަނިކޮށް ޖެހުނީ ކަމަށް ވެސް ވަނީ ބުނެފައެވެ.
މިގޮގޮތުން ސައިކަލެއް އެތަނުން ނެއްޓިގެން ދާން މަސައްކަތްކުރަނިކޮށް ސައިކަލް ކަހާލައިގެން ވެއްޓުނީ ކަމަށްވެސް ބުނެއެވެ.

