މި ސަރުކާރުން ބޭރު ގައުމުތަކަށް ކަނޑައެޅި އަށް ސަފީރަކަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. މި ބޭފުޅުންނަށް ރުހުންދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީން ވަނީ ނަންތައް ފާސް ކޮށްފައެވެ.
މިއަދުގެ ޖަލްސާގައި ރުހުން ދިން ސަފީރުންނަކީ:
- ޔޫއޭއީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ހުސެއިން ޝަރީފް
2. އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބު ކަމަށް ޑރ. އަލީ ނަސީރު
3. އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. އިރުތިޝާމް އާދަމް
4. ސްރީލަންކާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މައްސޫދު އިމާދު
5. މެލޭޝިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ޑރ. މަރިޔަމް ޝަބީނާ އަހުމަދު
6. ޔޫރަޕިއަން ޔޫނިއަން އަދި ބެލްޖިއަމްގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް ގީލާ އަލީ
7. ޖެނީވާގައި ހުންނަވާ އދ. ގެ އޮފީސްތަކަށް ރާއްޖޭން ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބަކަށް ޑރ. ސަލްމާ ރަޝީދު
8. ސިންގަޕޫރުގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް މުހައްމަދު ލުވައިޒްއެވެ.
މިއަދު ރުހުން ލިބުނު ސަފީރުންގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުއްވީ ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީ ސަފީރުކަމަށް މ. ކޮތަންމާގެ، މުހައްމަދު ހުސެއިން ޝަރީފް، އިނގިރޭސިވިލާތުގައި ހުންނަވާ ރާއްޖޭގެ ސަފީރުކަމަށް ހ. އޯކިޑް، ޑރ. އިރުތިޝާމް އާދަމްއެވެ. އދ.ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބަކަށް ގދ.ގައްދޫ ބެންހާގޭ އަލީ ނަސީރު މުހައްމަދުއެވެ

