ރައީސްގެ ވައުދުފުޅާ އެއްގޮތަށް މޯލްޑިވިއަންގެ ފްލައިޓްތައް ބޮޑެތި ގައުމުތަކަށް ދަތުރު ކުރެވޭ ގޮތް ހެދުމުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
އަމީން މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ސީދާ ޖަވާބު ދެއްވުމަށް ސަރުކާރުން ކުރިއަށްގެންދަވާ “އަހާ” ސިލްސިލާގެ ތިންވަނަ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެ އަށް މިހާރު ޗައިނާ އިން ހަތަރު އެއާލައިނެއް ދަތުރު ކުރެ އެވެ. ނަމަވެސް ކުރިއަށް އޮތް ތިން މަސްތެރޭ މި އަދަދު ހަޔަކަށް އިތުރުވާނެ ކަމަށް އެމްސީއެލްއިންއިން ވަނީ މީގެ ކުރިން ބުނެފައެވެ. އަދި އެހެންގައުމުތަކުގެ އެއާލައިންތައްވެސް ރާއްޖެއަށް ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

