ފައިސާގެ މައްސަލައަކާއި ގުޅިގެން ކޯޓަށް ހާޒިރު ނުކުރެވިފައިވާ މީހަކު ހޯދަން ފަށައިފިއެވެ.
އެމީހާ ހޯދަމުންދަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.
ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން އެ ކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން އެމީހާ ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ މިހާރު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
އެގޮތުން ހޯދަމުންދަނީ ށ. ކޮމަންޑޫ/ އުރަހަ، މުޙައްމަދު ނިޔާޒު (43އ) އެވެ.
މުޙައްމަދު ނިޔާޒް ހޯދަމުންދަނީ ރަހުނު ނުހިމެނޭ ފައިސާގެ ޙުކުމް ތަންފީޒު މައްސަލައާ ގުޅިގެން ކޯޓަށް ހާޒިރުކުރުމަށް ބޭނުންވެ ހާޒިރުކުރެވިފައި ނުވާތީ، ބަންދުގައި ބަހައްޓައިގެން 2024 އޭޕްރީލް 30 ވަނަ ދުވަހުގެ 09:30 އަށް ސިވިލް ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
މުޙައްމަދު ނިޔާޒްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ ފުލުހުންގެ ކަސްޓޯޑިއަލް ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ގޮތަށް ފުލުހުން ހޯދުމަށް އިއުލާންކުރެވޭމީހުން ފުލުހުން ހޯދައިގަނެއެެވެ. އަދި ފިލައިގެން އުޅުމުގެ ސަބަބުން ހޯދައިނުގަނެވިއްޖެނަމަ އެމީހެއްގެ ޢައިރު ހާޒިރުގައިވެސް ކޯޓުން ހުކުމް ކޮށްފައި ވެއެވެ.

