އިންޑިއާ މީހަކާއި ދިވެއްސަކާއި ދެމެދު ހިގި މަރާމޭރީއެއްގައި ދިވެހިމީހާއަށް އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ އިންޑިއާ މީހަކާއި ދިވެއްސަކާއި ދެމެދު ހިގި ހަމަނުޖެހުމެއްގައި ދެ މީހަކަށް އަނިޔާވެފައިވާ ކަމަށާއި، އައިސީޔޫގައި ފަރުވާ ދެމުންދަނީ އެތަނުން އެކަކަށް ކަމަށެވެ.
މިހާރު އެތަނުން އެކަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެއީ ދިވެހި ފިރިހިނެއްކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައިގައި ހިމެނޭ އަނެއް ދެ މީހުން ހޯދުުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، މި މައްސަަލައިގެ ތަހުގީގެ ތެރެއިން ފުލުހުން މިހާރު އެ މައްސަލަ ބަލަމުންދާ ކަމަށް ބުނެފައި ވެއެވެ.

