ރ. ކުޑަކުރަތު ރިސޯޓުން ފުރައިގެން މާލެއަށް ދަތުރުކުރި “ލިއޯ ޕާލް” ލޭންޑިން ކްރާފްޓު ބަންޑުން ޖަހާލައި އޭގެން ދަތުރުކުރަމުންދިޔަ މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ ލޭންޑިން ކްރާފްޓުން ފަސް މީހަކު ދަތުކުރި އެވެ. އޭގެ ތެރެއިން ގެއްލިގެން ހޯދަމުން ދަނީ ބިދޭސީ މީހެކެވެ.
ކަނޑުމައްޗަށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.
ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް “ހަކުރާ” ބޭނުންކުރަމުންދާ ކަމަށް ވެސް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ލޭންޑިން ކްރާފްޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައެވެ.

