ލޭންޑިން ކްރާފްޓެއް ބަންޑުންވި ހާދިސާ ގައި ގެއްލުނު މީހާފެނިއްޖެއެވެ.
އެމްއެންޑީއެފްއިން ބުނި ގޮތުގައި އެ ލޭންޑިން ކްރާފްޓުން ފަސް މީހަކު ދަތުކުރި އެވެ. އޭގެ ތެރެއިން ގެއްލިގެން ހޯދަމުން ދިޔައީ ބިދޭސީ މީހެކެވެ.
ކަނޑުމައްޗަށް ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކެންޑް ސްކޮޑްރަން އިން ހަރަކާތްތެރިވަމުންދަނިކޮށް އެމީހާ ފެނިފައިވަނީ އެމްއެންޑީއެފް ގެ ޑައިވަރުންގެ ޓީމަށެވެ.
އަދި އެމީހާ ކޮޅުވެއްޓި ދަށުގައި ތާށިވެފައި ކަމަށް އެމްއެންޑީއެފުނއ މައުލޫމާތު ދީފައިވެއެވެ.
ގެއްލުނު ބިދޭސީ މީހާ ހޯދުމުގެ މަސައްކަތުގައި ބޭނުންކުރީ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް “ހަކުރާ” އެވެ.
އެ ލޭންޑިން ކްރާފްޓުން ދަތުރުކުރި ފަސް މީހުންގެ ތެރެއިން ހަތަރު މީހުންވަނީ ކަނޑުވެފައި ވަނިކޮށް ރޭ ފަތިހު ސީއެމްބިއުލޭންސް 21 އަށް ނަގާފައެވެ.

