ދެކުނުގެ ރަށެއްގައި 12 އަހަރުގެ އަންހެން ކުއްޖަށް ޖިންސީ ގޯނާކުރި މައްސަލައެއް ތަހުގީގު ކުރަން ފަށައިފިއެވެ
ފުލުހުން މިރޭ ބުނީ ސައުތު ޕޮލިސް (ގއ، ގދ، ޏ، ސ) ގައި ހިމެނޭ ރަށެއްގައި 12 އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ޕޮލިހަށް ހުށަހަޅާފައިވަނީ
އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ މިމަހުގެ 28 ވަނަ ދުވަހު ކަމަށާއި އެހެންނަމަވެސް އެ މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ މިފަދަ މައްސަލަތައް، ކުޑަކުދިންނާ ގުޅުން ހުރި މައްސަލަައަކަށް ވާތީ، ކުއްޖާގެ އިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން އެ ކުއްޖާގެ އަދި ހުށަހެޅުނު އަތޮޅާއި ރަށް ހާމަ ނުކުރާ ކަމަށެވެ.
"ކުއްޖާގެ އައިޑެންޓިޓީ ރައްކާތެރި ކުރުމުގެ ގޮތުން މި ސާވިސްއިން ކުއްޖާގެ އަދި ހުށަހެޅުނު އަތޮޅާއި ރަށް ހާމަ ނުކުރަން،" ފުލުހުން ބުންޏެވެ
އެ މައްސަލައަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލައެއް ކަމަށްވުން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

