ނުރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިރޭ ސިންގަޕޫރަށް ފުރާވަޑައިގެންފިއެވެ.
މިރޭ ރައީސް ސިންގަޕޫރަށް ވަޑައިގެންފައިވާއިރު، މި ދަތުރުފުޅުގެ ތަފްސީލެއް ރައީސް އޮފީހުން ހާމަކުރައްވާފައެއް ނުވެއެވެ.
ރައީސްގެ ދެކަނބަލުން އެންމެފަހުން ސިންގަޕޫރަށް ވަޑައިގަތީ މާޗު މަހުގެ 22 ވަނަ ދުވަހުއެވެ،

