މިއަދަކީ ސަރުކާރު ބަންދު ދުވަހަކަށް ވި ނަމަވެސް މިއަދު ހަވީރު 5 ޖެހުމާ ހަމައަށް ޕާސްޕޯޓުގެ ޚިދުމަތް ދިނުމަށް މޯލްޑިވްސް އިމިގްރޭޝަނުން ނިންމައިފިއެވެ.
އިމިގްރޭޝަނުން ނެރުނު އިއުލާނެއްގައި ބުނީ ސްކޫލް ބަންދާއި ގުޅިގެން، ޕާސްޕޯޓުގެ ޚިދުމަތަށް އެދޭ ފަރާތްތައް ގިނަވެފައިވާތީ މިއަދު ޕާސްޕޯޓުގެ ޚިދުމަތް ދިނުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އިމުގާ ޕޯޓަލް މެދުވެރިކޮށް 24 ގަޑިއިރު ޕާސްޕޯޓަށް އެދި ހުށަހެޅުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް އެ އިދާރާއިން މައުލޫމާތުދެ އެވެ.
ޕާސްޕޯޓުގެ ހިދުމަތް ދިނުމަށް ކިއުބީ މެދުވެރިކޮށް ހެނދުނު 8:30 އިން ހަވީރު 5:00 އާ ދޭ ތެރޭ ނަމްބަރުތައް ދޫކުރާނެކަމަށް ވެސް އިމިގްރޭޝަނުން މައުލޫމާތުދެއެވެ.

