“ފުލުހުން “އެމްވީ ކޯލްސް ގާލްސް” ގެ ނަމުގައި ހިންގަމުންދިޔަ ޓެލެގްރާމް ޗެނަލެއް ސައިޒް ކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލަ ދަނީ މިހާޜު ތަހުގީގް ކުރަމުންދާ ކަމަށާއި، ބޮޑެތި ކުށްތަކަށް އަރައިގަންނަ މީހުން ހޯދާ ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
މާރޗް މަހުގެ 17ގައި ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވަނީ ހަށިވިއްކުމާއި ޑުރަގުގެ މުއާމަލާތްތަކަށް ބޭނުންކުރާ ޗެނަލްތަކެއް ފާހަގަވެފައިވާ ކަމަށްބުނެ އެ މައްސަލަވެސް ތަހުގީގ ކޮށްފައެވެ.
އޭރު ހިންގާފައިވާ ޓެލެގްރާމް ޗެނެލްގައި 7،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި ޗެނެލެއް ކަމަށްވެސް ފުލުހުން ބުނެއެވެ. އެއީ ބޮޑެތި ކުށްތަކަށް އަރައިގަންނަން މަސައްކަތްކޮށްފައިވާ ޗެނެލެއް ކަމަށާއި، އެ ޓެލެގްރާމް ޗެނަލުން ހަށިވިއްކުމަށް ގެންގުޅުނު ޓެކްސީއެއްވެސް ދެނެގަނެވުނު ކަމަށް ފުލުހުން ވަނީ އޭރު ބުނެފައެެވެ.
އެހެންކަމުން މާރޗް މަހުގެ 30 ވަނަ ދުވަހު ޓެލެގްރާމް ޗެނަލް މެދުވެރިކޮށް ހަށިވިއްކުމަށް މީހުން އުފުލި ޓެކްސީ ޑްރައިވަރު ވެސް ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ވަނީ އޭރު ހާމަކޮށްފައެވެ.

