ށ. ފުނަދޫގައި އާއި ށ. ޅައިމަގުގެ ފެނުގެ ނިޒާމު ގާއިމް ކުރުމުގެ އަމަލީ މަސައްކަތް ނިންމާ ކޮމިޝަން ކޮށްފިއެެވެ.
އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައެވެ.
އެ ޕޯސްޓުގައި ބުނީ އެ ދެ ރަށުގެ ފެނާއި ނަރުދަމާ ގާއިމް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ނިންމާ ކޮމިޝަން ކޮށްފައިވާ ކަމަށެވެ.
އަދި ކޮމިޝަން ކުރުމުގެ މަސައްކަތުގައި މޯލްޑިވްސް ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އާއި އެ ވުޒާރާގެ ޓެކްނިކަލް މުވައްޒަފުން ބައިވެރިވި ކަމަށްވެސް ބުނެފައިވެއެވެ.
ފުނަދޫ އާއި ޅައިމަގުގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ހަވާލުކުރީ މިދިޔަ ސަރުކާރުން 2021 ވަނަ އަހަރުގެ މާރިޗު މަސް ތެރޭގައެވެ. އެފަހަރު 16 އަތޮޅެއްގެ 34 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ޤާއިމުކުރުމަށް ހަވާލުކުރިއެވެ.
އެ މަސައްކަތް ހަވާލުކުރީ އިންޑިއާގެ ވިޝްވަރާޖް އެންވިރޮންމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.
އެ ދެ ރަށުގެ އިތުރުން ފެނާއި ނަރުދަމާގެ ނިޒާމު ގާއިމ
- ހއ.ކެލާގައި ފެނުގެ ނިޒާމު ޤާއިމުކުރުން
- ހދ. ވައިކަރަދޫގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުން
- ށ. ޅައިމަގުގައި ފެނާ ނަރުދަމާ ނިޒާމު ޤާއިމުކުރުން
- ހއ. ބާރަށުގައި ފެނުގެ ނިޒާމު ޤާއިމުކުރުން
- ށ. ފުނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުން
- ނ. މަނަދޫގައި ފެނުގެ ނިޒާމު ޤާއިމުކުރުން
މި މަސައްކަތް ހަވާލުކޮށްފައިވަނީ 20 މަސްދުވަހާއި 26 މަސްދުވަހާއި ދެމެދުގެ މުއްދަތެއްގައި މަސައްކަތް ނިންމާގޮތަށެވެ. މި 6 ރަށުގެ މަސައްކަތަށް 18،489،229.90 ޑޮލަރު ހޭދަވެއެވެ.

