އަންހެން ފަނޑިޔާރުންނަށް ކުރިއަަށްދިޔަ ދެ ދުވަހުގެ ކޮންފަރެންސަކީ “އިންޓަރފޭސް އޮފް ޖަސްޓިސް އެންޑް ވިމެންއާއިގުޅޭ ކޮންފަރެންސްއެކެވެ.
މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނެވެ.
އެ ކޮންފަރެންސްގައި އަލިއަޅުވާލާފައިވަނީ ކުޑަކުދިންގެ މައްސަލަތަކާއި ގެވެށި އަނިޔާގެ މައްސަލަތަކާއި ޖިންސީ ކުށުގެ މައްސަލަތައް ބެލުމަށް ހަރުދަނާ ގޮތެއްގައި ކުރެވޭނެ ކަންތައްތަކާއި ގުޅޭ ގޮތުންނެވެ.
މި ކޮންފަރެންސްގައި ގެވެށި އަނިޔާއާ ޖިންސީ ފުރައްސާރައިގެ މައްސަލަތަކާ ތަފާތުކުރުންތަކުން ދިމާވާ ހުރަސްތަކާއި އަދި އަދުލު އިންސާފުގެ ނިޒާމުގެ މައްސަލަތައް ފުޅާ ދާއިރާއެއްގައި ދެނެގަތުމުގެ ގޮތުން، މަޝްވަރާކުރެވިފައި ވެއެވެ.
މީގެ އިތުރުން ފޮސްޓަރިން ސިސްޓަމްތަކާއި ކުޑަކުދިންގެ ހައްގުތަކަށް ބޭނުންވާ ގާނޫނީ އޮނިގަނޑުފަދަ މުހިންމު މައްސަލަތަކަށް ހައްލު ހޯދޭނެ ގޮތްވެސް ވަނީ ހިޔާލާއިއެކު މަޝްވަރާކުރައްވާފައެވެ.

