ލޯންޗް ވަގަށް ގެންދިޔަ މައްސަލަ ފުލުހުންދަނީ ތަހުގީގް ފަށައިފިއެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ބަލަން ފަށާފައިވާ ކަމަށާއި، ގެއްލިގެން ހޯދަމުންދިޔަ ލޯންޗް ފެނުނީ ހުޅުމާލޭ އެމްޓިސީސީ ފެރީ ޓާމިނަލް ކައިރީ އަޅާފައި އޮއްވާ ކަމަށެވެ.
މި ލޯންޗް ނަގާފައިވަނީ މ. ދިއްގަރުގެ އުމުރުން 14 އަހަރުގެ ފިރިހެން ކުއްޖަކު ކަމަށްވަނީ މައުލޫމާތު ލިބިފައެވެ. 14 އަހަރުގެ ފިރިހެން ކުއްޖާ މި ލޯންޗް ވަގަށް ނަގާފައިވަނީ އޭނާގެ 12 އަހަރުގެ ލޯބިވެރިޔާއާ ބައްދަލުކުރަން މާލެއަށް އައުމަށް ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައެވެ.
އިތުރަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ލޯންޗަށް ވަނީ ވަރަށް ބޮޑަށް ގެއްލުން ވެފައެވެ.

