ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރުމުން ޢާއިލާތައް ބިކަވެ، މައިންބަފައިންގެ ލޯބިން ދަރިން މަޙްރޫމުވަމުންދާ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.
ހުތުބާގައި ބުނެފައިވަނީ އިންސާނީ ދަރިފަސްކޮޅު ގުޅުވައިދޭ އެންމެ ވަރުގަދަ ގުޅުވުމަކީ ކައިވެނީގެ ގުޅުން ކަމަށާއި، އަނބިމީހާއާއި ފިރިމީހާވެސް ކާވެނީގެ ޢަޤްދަށް ރައްކާތެރިވާންވާން ޖެހޭނެ ކަމަށެވެ.
“ބައެއް މީހުން ދެމަފިރިންގެ މެދުގައި ފިތުނައިގެ އަލިފާން ރޯކުރޭ. މުސްލިމުންގެ ގޯތި ގެދޮރު ހަލާކުކޮށް، ދެމަފިރިން ދެމެދު ފަސާދަ ކުރޭ. މިކަމުގެ ސަބަބުން ޢާއިލާތައް ބިކަވެ މައިން ބަފައިންގެ ލޯބިން ދަރިން، މަޙްރޫމުވޭ. ދެމަފިރިންގެ މެދުގައި މައްސަލައެއް އުފެދިއްޖެނަމަ އެ މައްސަލައެއް ޙައްލު ކުރާނީ އެދެމަފިރިން. ނުވަތަ ދެމަފިރިން އިތުބާރުކުރާ މީހަކާ މަޝްވަރާ ކޮށްގެން. ޙުތުބާ
ވަރިއަކީ ދަރިން ބިކަވެ، ތަރުބިއްޔަތުން ކަސީޔާރުވާ ސަަބަބެއް ކަމަށާއި، އޭގެ ސަބަބުން ކުދިން މަގުމަތިވެ މަގުން ކަސިޔާރުވާ ކަމަށެވެ. ވަރިވުމާއެކު ޢާއިލީ ގުޅުންތައް ކެނޑި، ހިތްތަކުގައި ނުރުހުން އުފެދި، ކޮންމެ މީހަކުވެސް އަނެކަކަށް ގެއްލުންދީ އޭނާގެ ކިބައިންބަދަލު ހިފުމަށް މަސައްކަތް ކުރުމާއި ދުރުވުމަށެވެ. އަނބިމީހާއާއި ފިރިމީހާވެސް ކާވެނީގެ ޢަޤްދަށް ރައްކާތެރިވާން އިސްލާމްދީނުގައި ކަނޑައެޅިގެން އޮންނައިރު، ޙައްޤުތަކަށް ރައްކާތެރިނުވެ ބައެއް ފިރިން އެ ގަދަފަދަ ވެގެންވާ ޢަހުދާ މެދު ފަރުވާކުޑަކޮށް މާތް الله ދެއްވި ނިޢުމަތަށް ފުރަގަސްދޭ ކަމަށް ޙުކުރު ހުތުބާގައި ބުނެފައި ވެއެވެ.
“ބައެއް ފިރިން އަނބިމީހާގެ ބޯމައްޗަށް ދިއްކުރާ ހަތިޔާރަކަށް ވަރި މި ބަސް ހަދައި، ހުރިހާ ހިނދެއްގައި އަނބިންނަށް އިންޒާރު ދެމުން ގެންދޭ. ކަނބުލޭގެ މިވެނިކަމެއް ކޮށްފިނަމަ، އަދި މިވެނިކަމެއް ދޫކޮށްލައިފިނަމަ ނުވަތަ މިވެނިތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ، ބުނޭ. މައިންބަފައިންނާއި ވާހަކަ ދައްކާ އެ މީހުން ދިރިއުޅޭ ތަނަކަށް ގޮސްފިނަމަ ތިއިނީ ވަރިކޮށްފައޭ ބުނާތަންވެސް ފެނޭ. ” ޙުތުބާ
މިގޮތުން މަޖަލަކަށް ބުނާ ބަސްބަހުންނާއި އޮޅުވާލުމަށް ބުނާ ބަސްތަކުންނާއި އެނޫން ވެސް ގޮތްގޮތަށް ވަރިކުރެވޭ ކަމަށާއި، އިސްލާމް ދީނުގައި ވަރިކުރުމުގެ ބާރު ފިރިމީހާއަށް ދީފައިވަނީ ބޭނުންވާ ކޮންމެ ވަގުތަކު އަނބިމީހާއަށް އެބަހުން އިންޒާރު ދިނުމަކަށް ނޫންކަންވެސް ހުތުބާގައި ވަނީ ބަޔާން ކޮށްފައެވެ.

