ާފާއިތުވީ ތިން އަހަރުގެ ތެރޭގައި ފެމެލީ ކޯޓަށް ވަރިވުމަށް އެދި ތިން ހާސް އަށްސަތޭކަ ވިހި ވަރި ހުށަހަޅާފައިވާ ކަމަށް ފެމެލީ ކޯޓްގެ ތަފާސްހިސާބުން ދައްކައިފިއެވެ.
2021 ގައި 1193 (އެގާރަ ސަތޭކަ ނުވަދިހަ ތިން) ވަރި
2022 ގައި 1346 (ތޭރަ ސަތޭކަ ސާޅީސް ހައެއް) ވަރި
2023 ގައި 1280 (ބާރަ ސަތޭކަ އައްޑިހަ ) ވަރި
މިއީ މި ތާރީހުތަކުގައި ވަރިކުރުވުމަށް ފެމެލީ ކޯޓްގައި ރަޖިސްޓްރީ ކުރެވުމު އަދަދެވެ.
ފެމެލީ ކޯޓަށް ވަރިވުމަށް އެދިފައިވާ މީހުންގެ މައުލޫމާތަށް ބަލާއިރު، ޢާންމުކޮށް ވަރިކުރުމަށް މެދުވެރިވާ ސަބަބުތަކުގެ ތެރޭގައި ލޯތްބާއި އޯގާތެރިކަން ކުޑަވުމާއި، ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމާއި، ޒުވާބު ކުރުމާއި، ތަޅައި އަނިޔާ ކުރުންވެސް ހިމެނެއެވެ. މަސްތުވާތަކެތި ބޭނުން ކުރުމާއި، ޝައްކު ކުރުމާއި، އިތުބާރު ނުކުރުމާއި، ޒިންމާދާރުކަން ކުޑަވުމާއި، މިޒާޖު ތަފާތުވުމާއި، ދޮގުވާހަކަތައް ދައްކައި ބަދުނާމު ކުރުމާއި، ޢާއިލީ ގުޅުންތައް ނުބޭއްވުންވެސް ހިމެނެއެވެ.
މީގެ ތެރޭގައި ދީނީ ކަންކަމަށް ފަރުވާ ކުޑަކުރުމާއި، ޙައްޤުތައް ބަރާބަރަށް އަދާނުކުރުމާއި، ޤަވާޢިދުން ޚަރަދު ނުކުރުމާއި، ދަރިން ކުރިމަތީގައި ތަޅައި އަނިޔާކުރުމުގެ ސަބަބަުންވެސް ވަރިއަށްއެދިފައިވާ މީހުންވެސް ހިމެނެއެވެ.

