ފުލުހުންގެ ތަފާސްހިސާބުތަކުން، މި އޭޕްރީލް މަހުގައި ވައްކަމުގެ 270 މައްސަލަ އަދި މަސްތުވާތަކެތީގެ 190 މައްސަލަ ހުށަހަޅާފައިވާ ކަމަށް ދައްކައިފިއެވެ
މި މައުލޫމާތު ހާމަކޮށްފައިވަނީ ފުލުހުން، ކޮންމެ މަހަކު ވެސް ފުލުހުން އާންމުކުރާ ތަފާސްހިސާބުތަކުގެ ތެރެއިން މިނިމުނު މަހުގެ ހިސާބުންނެވެ. އަދި އެތަފާސް ހިސާބުތަކުން ދައްކާ ގޮތުން އޭޕްރީލް މަހުގެ ތެރޭގައި ޖުމްލަ 928 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފައެވެ
އެންމެ ގިނައިން ފުލުހުންނަށް ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.
2024 ވަނަ އަހަރު އޭޕްރީލަ މަހު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:
- – ވައްކަން ކުރުމުގެ 270 މައްސަލަ
- – ޓްރެފިކް އެކްސިޑެންޓު 212 މައްސަލަ
- – މުދަލަށް ގެއްލުން ދިނުމުގެ 55 މައްސަލަ
- – މަކަރާއި ހީލަތް ހެދުން 54 މައްސަލަ
- – ޖިންސީ ގޯނާގެ 30 މައްސަލަ
- – އަނިޔާ ކުރުމުގެ 52 މައްސަލަ
- – ގެވެށި އަނިޔާ 15 މައްސަލަ
- – ފޭރުމުގެ 36 މައްސަލަ
- – ފޯޖް ކުރުމުގެ 12 މައްސަލަ
- – މަސްތުވާތަކެއްޗާ ގުޅޭ 109 މައްސަލަ
- – އެއްޗެހި ގެއްލުމުގެ 82 މައްސަލަ
ވައްކަމާއި ފޭރުމުގެ ކުށްތައް ހުއްޓުވުމަށް ފުލުހުން އަބަދު ވެސް މަސައްކަތް ކުރެއެވެ. ނަމަވެސް އެފަދަ މައްސަލަތައް އަންނަނީ އިތުރުވަމުންނެވެ.
ކޮންމެ މަހަކު ވެސް ފުލުހުން ތަފާސް ހިސާބުތައް ނެރޭއިރުގައި ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ދެވަނައަށް އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކެވެ. އަދި އެކްސިޑެންޓްގެ މައްސަލަތައް ވެސް ގިނައެވެ.
މިހާރު މީސް މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެންނާއި ގުޅައިގެން މީހުން އަތުން އޮޅުވާލައިގެން ފައިސާ ހޯދުމުގެ މައްސަލަތައް ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

