މާލެ ސިޓީ މަގު މައްޗަށް ކުޅު ޖެހުމާއި ޓިޝޫ ނުއުކުމަށް މާލެ ސިޓީ ކައުންސިލުން އިލްތިމާސް ކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ބުނީ އެންމެން ގުޅިގެން މާލެ ސާފުތަނަކަށް ހެދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެގޮތުން މާލެ ދުޅަހެޔޮ މާހައުލެއްގެ ގޮތުގައި ބޭއްވުމުގެ މަސައްކަތަށް އެންމެން އެއްބާރުލުންދޭންޖެހޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި އެއްވެސް ތާކަށް އެއްވެސް ބޭފުޅަކު ކުނި ނޭޅުމަށާއި، މާލެ ސިޓީގައި ހަޑިވާޒާތުގެ އެއްވެސް ކަމެއް ނުކުރުމަށް ވެސް އެ ކައުންސިލުންް ވަނީ އިލްތިމާސް ކޮށްފައެވެ.
މިހާރު މާލެ ސިޓީ ކައުންސިލުން ގެންދަނީ މާލެ ސާފްތަނެއްގެ ގޮތުގައި ބޭއްވުމަށްޓަކާއި، މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފްކުރުމުގެ މަސައްކަތް ފަށާފައެވެ. މާލޭ އިންޑަސްޓްރިއަލް ވިލެޖް ސާފުކުރުމުގެ މަސައްކަތްކުރިއަށް ގެންދަނީ މާލެ ސިޓީ ކައުންސިލާއި، ކައުންސިލް މިނިސްޓްރީއާއި، ހައުސިން މިނިސްޓްރީ އަދި ވެމްކޯއާ ޕޮލިހާއި، އެމްޕީއެލް ގުޅިގެންނެވެ.
މާލެ ސިޓީ ކައުންސިލް މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލެ ސާފްތަނެއްގެ ގޮތުގައި ބޭއްވުމަކީ ކޮންމެހެން ބޭނުން ކަމެއް ކަމަށެވެ.
އިންޑަސްޓްރިއަލް ވިލެޖް ސާފްކުރުމުގެ މަސައްކަތްފެށީ އިއްޔެއެވެ. މާލޭގެ މަގުމައްޗަށް ކުނިއަޅަމުންދިޔަ ބިދޭސީއަކު ޑީޕޯޓް ކުރުމުގެ މަސައްކަތް ވެސް މާލެ ސިޓީ ކައުންސިލުން މިހާޜު ވަނީ ފަށާފައެވެ.

