ދޯންޏަކަށް އަރުވަންއުޅުނު ކާރެއް މޫދަށް ވެއްޓިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ ދޯންނަކަށް އަރުވަން އުޅެނިކޮށް ކާރު ވެެއްޓުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށެވެ.
އެ ހާދިސާ ހިނގީ ށ. ފޮނަދޫ ބަނދަރުގައި އޮތް ދޯންޏަކަށް ކާރެއް އަރުވަން އުޅުމުގެ ތެރޭގައި ކަމަށާއި، ކާރު މޫދަށް ވެއްޓިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު އިރު އޮއްސި 19:05 ހާއިރު ކަމަށެވެ.
އެ ހާދިސާގައި ވެއްޓުނު ކާރު ނަގައި މިހާރު ދޯންޏަށް އަރުވާފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ކާރު މޫދަށް ވެއްޓުނު ވީޑިއޯވެސް ވަނީ ސޯޝަލްމީޑިއާގައި ދައުރުވެފައެވެ.
އެ ވީޑިއޯއިން ފެންނަ ގޮތުގައި ކާރު އަޑިއަށްދާތަން ފެނެއެވެ.

