ސެލެރީ އަކީ ފްތަލައިޑް ކިޔާ ގަހެއްގައި އެކުލެވޭ އެއްޗެކެވެ. މީގެ ސަބަބުން ލޭ ދައުރުވުމަށް އެހީވެދީ ލޭ ހޮޅިތަށް ސާފުކޮށްދިނުމުގެ އިތުރުން ލޭގެ ޕުރެޝަރ ދަށް ކުރުމަށް އެހީވެދެއެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ސެލެރީ ގަހުގެ މާތަކުގައި ހުންނަ އޮށުން ހަދާ ޑީއެލް -3-އެން- ބްޔުޓައިލްފްތަލައިޑް ކިޔާކޮންޕައުންޑަކީ އުނގެނުމުގައި ވިސްނުން ތޫނުވެ ހަދާން ގަދަކޮށްދޭ އެއްޗެކެވެ.
ސެލެރީ ގައި ހިމެނޭ ވިޓަމިން ސީ އަކީ ފްރީރެޑިކަލް އިން ގުނަވަންތަކަށް ލިބޭ ގެއްލުންތައް ހުއްޓުވުމަށް މަގުފަހި ކޮށްދެއެވެ. ޤަވާއިދުން ސެލެރީ ބޭނުން ކުރުމުގެ ސަބަބުން ނޭވާހިއްލުމުގެ އުނދަގުލުން ދުރުކޮށްދެއެވެ.
ސެލެރީ ޖޫސް ބުއިމުން ލިބޭ ސިއްޚީ ބައެއް ފައިދާ:
- ޑީހައިޑްރޭޓް ވުމުން ދުރުކޮށްދޭ
- ކެލޮރީ އަދި ހަކުރުގެ މިންވަރު މަދުކޮށްދޭ
- ގޮހޮރުގެ މައްސަލަތަށް ހައްލުކޮށްދޭ
- ނާރުގެ ބަލިތަކުން ދުރުކޮށްދޭ
- އާތުރައިޓިސްގެ އުނދަގުލުން ސަލާމަތް ކޮށްދޭ
- ހިތުގެ ބަލިތަކުން ސަލާމަތް ވުމަށް ވެސް އެހީވެދޭ ކަމަށް ސިއްޚީ މާހިރުން ލަފާދެއްވައެވެ.
ސެލެރީ ޖޫސް:
އެކިގޮތްގޮތަށް ސެލެރީ ބޭނުންކޮށްގެން ޖޫސް ތައްޔާރު ކުރެވިދާނެއެވެ. މިއީ ވަރަށްފަސޭހައިން ޖޫސް ތައްޔާރު ކުރާނެ ގޮތެކެވެ.
ބޭނުންވާ ތަކެތި:
1 ބޮޑި ސެލެރީ
1 އިންޗި ހުންނަ ވަރުގެ އިގުރުކޮޅެއް
1 އާފަލް
1 ލުބޯ ( ކުޑަ )
ތައްޔާރުކުރާނެ ގޮތް:
މިކްސަރަށް 500 އެމްއެލް ފެނާއި ހުރިހާ އެއްޗެއް އަޅާފައި ރަނގަޅަށް ގިރާލުމަށް ފަހު ޖަގަކަށް ފުރާނާލާފައި 1 ތަށި ބޯލާށެވެ. މި ޖޫސް 7 ދުވަސްވަންދެން ބޯލުމުން ތަފާރު ފެންނާނެއެވެ.

