ހަމާސްގެ ވަފުދެއް މިސްރުގެ ވެރިރަށް ގާހިރާއަށް ޒިޔާރަތްކޮށް އެއްބަސްވުންތައް އާކުރުމަށް ތައްޔާރުވަމުންދާއިރު، އދ.ގެ ވެރިޔާ އެންޓޯނިއޯ ގުޓަރޭޒް ވަނީ ޣައްޒާގައި ކުރަމުންދާ ހަނގުރާމަ ހުއްޓާލުމަށް ގޮވާލާފައެވެ.
"ޣައްޒާގެ ނިކަމެތި ރައްޔިތުންނާއި، އެމީހުންގެ އާއިލާތަކާއި، މުޅި ދުނިޔެއަށްޓަކައި، އިސްރާއީލާއި ހަމާސްގެ ލީޑަރޝިޕުން އެއްބަސްވުމަކަށް އައުމަށް ވަރަށް ބޮޑަށް ބާރުއަޅަން" އޫއެން ސެކްރެޓަރީ ޖެނެރަލް ހުކުރު ދުވަހު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އދ.ގެ ވެރިޔާ އިތުރަށް ބުނެފައިވަނީ ހަނގުރާމަ ހުއްޓާނުލައިފިނަމަ މަސްރަހު އިންތިހާއަށް ގޯސްވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ.
ރޮއިޓާސް ނިއުސް އެޖެންސީން ބުނީ ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް ބައްދަލުވުންތަކަށް މިސްރުގެ ސަލާމަތީ ހަތިޔާރާއިއެކު ގާހިރާއަށް ޒިޔާރަތް ކޮށްފައިވާ ކަމަށެވެ.
ގަތަރާއި އެމެރިކާއާ އެކު މިސްރުން ދަނީ އިސްރާއީލާއި ހަމާސް އާ ދެމެދު ޣައްޒާގައި ހިނގަމުންދާ ހަނގުރާމަ ހުއްޓާލައި ގައިދީން ބަދަލުކުރުމަށް އެއްބަސްވުމެއް ހެދުމަށް ކުރަމުންދާ މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވަމުންނެވެ.
މީގެ އެއް ދުވަސް ކުރިން ހަމާސްގެ ވެރިޔާ އިސްމާއިލް ހަނިއްޔާ ބުނެފައިވަނީ އިސްރާއީލުން އެންމެ ފަހުން އެއްބަސްވުމަކަށް ގެނައުމަށް ހުށަހެޅި ހުށަހެޅުމާއި ބެހޭ ގޮތުން މިސްރާއި ގަތަރުގެ މެދުވެރިންނާ މަޝްވަރާ ކޮށްފައިވާ ކަމަށެވެ.
ހަމާސް އިން ބުރާސްފަތި ދުވަހު ބުނީ ފަލަސްތީނާއި ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މަގްސަދުގައި ކުރިއަށް އޮތް ދުވަސްތަކުގައި މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ފަލަސްތީނު މި ޖަމާއަތުން މި ހަފުތާގައި ބުނެފައި ވަނީ އިޒްރޭލުގެ އެންމެ ފަހުގެ ހުށަހެޅުން ލިބިފައިވާ ކަމަށާއި ޖަވާބު ދިނުމުގެ ކުރިން އެކަން ދިރާސާ ކުރާނެ ކަމަށެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންޓަނީ ބްލިންކެން އާއި އިނގިރޭސި ފޮރިން ސެކްރެޓަރީ ޑޭވިޑް ކެމަރަން ވަނީ ހަމާސް އަށް އެ ހުށަހެޅުން ބަލައިގަތުމަށް އިލްތިމާސްކޮށްފައެެވެ.
އެ އެއްބަސްވުމުގައި 40 ދުވަސް ވަންދެން ހަނގުރާމަ ހުއްޓާލުމާއި ފަލަސްތީނުގެ އިތުރު ގައިދީންނާއި އިސްރާއީލުގެ ގައިދީން ބަދަލުކުރުމަށް ހުށަހަޅާފައިވެއެވެ.
ހުކުރު ދުވަހު ވައިޓް ހައުސްއިން ވަނީ އެ ހުށަހެޅުން ބަލައިގަތުމުގެ ޒިންމާ އެޅިފައި އޮތީ ހަމާސްގެ ބޮލުގައި ކަމަށް ތަކުރާރުކޮށް ބުނެފައެވެ. ހަމާސްއިން އެ ހުށަހެޅުމަށް ވީހާވެސް އަވަހަކަށް އެއްބަސްވާން ޖެހޭ ކަމަށް ތަރުޖަމާނު ކެރިން ޖީން ޕިއޭ ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ. ނަމަވެސް ހަމާސް އިން ބުނަމުން ދަނީ ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމާއި ޣައްޒާއިން އިސްރާއީލު ސިފައިން ފޭބުމާއި ގެދޮރު ގެއްލިފައިވާ އާއިލާތައް އެމީހުންގެ ގެތަކަށް އެނބުރި ދިއުމަށް މަގުފަހިވާ ފަދަ އެއްބަސްވުމެއް ނޫނީ ބަލައިނުގަންނާނެ ކަމަށެވެ.
މިދިޔަ ނޮވެމްބަރު މަހު އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނުގެ އެތައް ސަތޭކަ ގައިދީންނެއްގެ ބަދަލުގައި ފަލަސްތީނުގެ ޖަމާއަތްތަކުން ޣައްޒާގައި ތިބި އެތައް ސަތޭކަ ގައިދީންނެއް ވަނީ ދޫކޮށްލާފަ އެވެ. ނަމަވެސް އިޒްރޭލު ސިފައިން ވަނީ ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު ހަމަވުމުން އަލުން ހަމަލާދޭން ފަށައިފައެވެ.

