ސިޔާސީ މަސައްކަތުގައި އުޅުނެއް ކަމަކު ރައީސުލް ޖުމްހުރިއްޔާގެ ސްޕެޝަލް އެޑްވައިޒަރ އަދި ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އަމިއްލައަށް އަތުރާލައި ދޫކޮށްލާ ޅެން ތަކަކީ އިބްރަތުން ފުރިގެންވާ ޅެން ތަކެއް ކަމުގައި ނޫނީ ނުވެއެވެ. އަދި ގިނަ ފަހަރަށް މީހަކަށް ވިސްނުވައި ދޭން ނުވަތަ ވެފައިވާ ކަމަކުން އިބްރަތެއް ހާސިލް ކުރުމަށް އަމުނާލައި ދޫކޮށްލާ ޅެން ތަކަކީ ވަރަށްވެސް ފުރިހަމަ ޅެން ތަކެވެ.
މިފަހުން ގާތްގާތުގައި ޅެން ހަދައި ދަނީ ދޫކޮށްލައްވަމުންނެވެ. އެގޮތުން މިއަދުވެސް ވަނީ " ފިކުރުކޮށްބަލަ " ދޫކޮށްލާފައެވެ.
ޒަމާންދެއްކި ފަރަގަށް ބަލަން ނޭދެނީހޭ، އަމާންދީ ގެއަށްވަދެ ނިދާނުލެވެނީހޭ! މި ބުނި ޖުމްލައިން ވެސް މި ބުނަނީ ކީކޭ ކަން ސާފުތެދުބަހުން އެނގި ހާމައެބަވެއެވެ. ޖުމްލަ ގޮތެއްގައި ނިމިދިޔަ އިންތިހާބުގައި ސަރުކާރަށް ލިބުނު މެޖޯރިޓީ ގަބޫލުކުރަން ކޮށް، ކުރާ މަސައްކަތުން އަމާންދީ ގެއަށްވަނުމަށް އެދޭކަމަށެވެ.
އަދި ނިންމާލަމުން ބުނެފައިވެއެވެ.
އަދާ އިއްޔެއާއި ދައްކަމުންދާ ތަފާތުން، ތަދާ ވޭނުގައި ހިތްފަޅައިގެން ދަނީހޭ! މިހެންނެވެ.
ކިޔުންތެރިންނަށް މި ޅެން ދޫކޮށްލާނަމެވެ.

އަބްދުއްރަހީމް ހަދާފައިވާ ޅެން
ޕީއެންސީގެ ޗެއާޕާސަން ކަން ވެސް ކުރައްވާ އަބްދުއްރަހީމް މީގެ ކުރިން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މެޔަށް އަމާޒުވެގެން އަންނަ އުންޑަ އާއި ތީރުތަކުން ސަލާމަތްވުމަށް ބިރުން ފިލައިގެންދާނެ މީހަކަށް އޭނާ ނުވާނެ ކަމަށެވެ. އަދި ކަމަކަށް ގޮވާލައިފި ނަމަ، މި ގައުމުގެ އަބުރާއި އިއްޒަތަށްޓަކައި ވެސް އެ ތަނުގައި ހުންނަ މީހަކަށް އޭނާ ވާނެ ކަމަށެވެ. އަބްދުއްރަހީމް އެ ފާހަގަ ކުރެއްވި ޅެން ބައިތަކީ "ގައުމަށްޓަކައި" މި ނަމުގައި ހަދާފައިވާ ލަވައެއްގެ ޅެން ބައިތެވެ.

