މާލެއިން ގދ. ފަރެސްމާތޮޑާއަށް ދަތުރު ކުރަމުން ދަނިކޮށް ފަރަށް އެރި “ރޯޝަނީ” ބޯޓު ފުންކޮށްފި އެވެ.
އެ ބޯޓު ފުންކުރީ އެމްއެންޑީއެފްގެ ކޯސްޓްގާޑްގެ ޑައިވަރުންނާއި އެ ބޯޓުގެ ފަޅުވެރިން ގުޅިގެން ކަމަށާއި ބޯޓު ފުން ކުރެވުނީ މިއަދު ހެނދުނު 11:10 ގައި ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ މައުލޫމާތު ދީފައެވެ.
މި ބޯޓު ފަރަށް އެރިއިރު ބޯޯޓުގައި ތިބި ސޯޅަމީހުންނަށް އެއްވެސް ގެއްލުމެއް ލިބިފައި ނުވާ ކަމަށްވެސް މައުލޫމާތު ވަނީ ލިބިފައެވެ. ފަރަށް އެރި ބޯޓުގައި ގާތްގަނޑަކަށް 6 މިލިއަނެއްހާ ރުފިޔާގެ މުދާ ބަރުކޮށްފައި ހުރި ކަމަށްވެއެވެ.
މީހުންނާއެކު ގިނަ މުދާ ތަކެއް ބަރުކޮށްގެން ދަތުރުކުރި ރޯޝަނީބޯޓު އެރީ ފުލިދުއާއި ތިނަދުއާ ދޭތެރޭ އޮންނަ ފަރަކަށެވެ، ބޯޓު ފަރަށް އެރީ ޖީޕީއެސް އަށް ނުދައްކާތީ ކަމަށްވެއެވެ. މައުލޫމާތު ދިން ފަރާތަކުން ބުނިގޮތުގައި ބޯޓް ފަރަށް އެރި އިރު ޖީޕިއެސްއިން ދައްކަނީ ތިއްކެއް ކަމަށާއި ފަރެއް އިން ކަމަށްކަށް ނުދައްކާ ކަމަށެވެ.

