މެލޭޝިއާގެ "ޖެކެޓްނެޓް ބޫކް" ގެ މޮޅު ފޮތްތައް މިފަހަރު އަޝްރަފީގެ ބުކްޝޮޕްތަކުން ލިބެންއެބަހުރިއެވެ.
އަޝްރަފީގެ ފިހާރަތައް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ގާއިމް ކޮށްފައިވާއިރު ގދ. ތިނަދޫ ސިޓީ، އައްޑޫ ސިޓީ ، ފުވައްމުލައް ސިޓީ، އަދި ހުޅުމާލެ ނިރޮޅުމަގުގެ ހަބީބް ބޭންކު ކައިރީގަވެސް އައުޓްލެޓެއް ހުރެއެވެ. މެއިން އައުޓްލެޓް މާލެ ޗާންދަނީމަގުގައި ހުންނައިރު، މިހާރު އޯކިޑްމަގުގައިވެސް ވަނީ އައައުޓްލެޓެއް ހުޅުވާފައެވެ.

އަޝްރަފީ ބުކްޝޮޕް މާލޭ ޗާންދަނީ މާލެ ފިހާރަ ސުކޫލު ސީޒަނަށް ތައްޔާރުވެފަ/ފޮޓޯ މުސްލީ
އަޝްރަފީ ބުކްޝޮޕްގެ އިސްފަރާތެއް ކަމަށްވާ އަބްދުﷲ ޝުހައިލް "ހުވަދޫ މީޑިއާ" އަށް މައުލޫމާތު ދެމުން ވިދާޅުވީ މެލޭޝިއާއިން ތައްޔާރުކޮށްފައިވާ ސޮފްޓް ކަވާރ ހިމެނޭ މޮޅު ފޮތްތައް މިހާރު އަޝްރަފީން ލިބޭނެ ކަމަށެވެ. އެގޮތުން އެކި ސައިޒްތަކުގެ ޖެކެޓްނެޓް ބޫކް މިހާރު ލިބޭނެ ކަމަށާއި، ލޮގް ބޫކްވެސް ލިބޭނެ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން އަޝްރަފީން ދޫކުރާ ސޮފްޓް ކަވާރ ފޮތުގެ ތެރޭގައި ހުންނަ ކަރުދާސްއަކީވެސް ކޮލިޓީ މޮޅު ކަރުދާހެއް ކަމަށް ޝުހައިލް ވިދާޅުވިއެވެ.
ޝުހައިލް ވިދާޅުވީ ކޮންމެ ވައުޗަރަކަށް ލިބޭ ފޮތް ލިސްޓާއިއެކު ފޮތްލިސްޓް ބައްލަވައިގަންނަ ފަރާތްތަކަށް އިނާމެއްގެ ގޮތުން ކޮލަޓީ ދަބަހެއްގެ އިތުރުން ސެލޯފިން އާއި، ވޯޓާ ބޮޓަލްއެެއް ލިބޭނެ ކަމަށެވެ.

އަަޝްރަފީ ބުކްޝޮޕް މާލެ ޗާންދަނީ މަގުގައި ހުންނަ މެއިން ފިހާރަ/ފޮޓޯ މުސްލީ
ކިޔަވާކުދިންނަށް ހާއްސަ މޮޅު ކަލްކިއުކޭޓް ލިބެން ހުރިއިރު ޖަޕާނުގެ ކެސިއޯ ބްރޭންޑްގެ މޮޅު ކަލްކިއުލޭޓަރުވެސް އެތަނުން ލިބެއެވެ. އަދި ފެބަކާރސްޓް ބްރޭންޑްގެ އެންމެ މޮޅު ސާމާނުވެސް އަޝްރަފީން ލިބޭނެ ކަމަށް އެފިހާރައިން ވަނީ ބުނެފައެވެ. އެއްވެސް ވަރަކަށް ލޯކޮލެޓީގެ އެއްޗެއް ވިއްކަންނުހުންނަ މިފިހާރައިން ލިބޭ ހުރިހާ ސާމަނީކީވެސް ކޮލިޓީ ބްރޭންޑްގެ އެންމެފަހުގެ ސާމާނެވެ.
"ކޮންމެ ލިސްޓަކަށް ކޮލިޓީ ސެލޯފިން ދަބަސް ފެންފުޅި ލިބޭނެ. ޕަބްލިކުން ލިބޭ އިތުބާރަކީ ބްރޭންޑް ރަނގަޅު ކޮލިޓީ ސާމާނު ދޫކުރެވުން. ފެބަކާރސްޓް ބްރޭންޑް ޖައްސަވާފަ ލޯ ކޮލިޓީގެ އެއްޗެއްސެއް ނުވިއްކާނެ . އަޝްރަފީގެ އަމާޒަކީ ކަސްޓަމަރުންނަށް ކޮލިޓީ ސާމާުނު ވިއްކުން" ޝުހައިލް ވިދާޅުވިއެވެ.
ޗާންދަނީ މަގުގައި ހުންނަ އަޝްރަފީ މެއިން ފިހާރަ ޝޮޕުގެ ތިން ފްލޯއެއް ހުންނައިރު، ޓޯއީތަކާއި، ޕަޒްލްގެ އިތުރުން ޕާޓީތަކަށް ބޭނުންވާ ސާމާނުތަކާއި، ސުކޫލަށް ބޭނުންވާ ހުރިހާ ސާމާނެއްވެސް އެތަނުން ލިބެއެވެ. އަތޮޅުތެރޭގައި ހުންނަ އަޝްރަފީގެ ފިހާތަކުން ހުރިހާ ސާމާނެއް ލިބޭއިރު، ސުކޫލް ބަންދު މި ސީޒަންގައި އަމިއްލަ ފަރާތްތަކުންވެސް އެކިރަށްރަށް ޕޭކޭޖްގެ ގޮތުގައި ފޮތްލިސްޓް އަޝްރަފީން ފޯރުވައިދެއެވެ.
ހާއްސަކޮށް އަޝްރަފީން ވިއްކާ ފޮތްތަކަށް ބަލާއިރު،، މުސްއަފުތަކުންފެށިގެން ދިވެހި ވާހަކައާއި، އެކްޓިވިޓީ ފޮތާއި، ކީރިތި ގުރުއާނުގެ އިގިރޭސި ތަރުޖަމާ އިތުރުން ސުކޫލަށް ބޭނުންވާ ހުރިހާ ސާމާނާއިއެކު ދީނީ ހާއްސަ ފޮތްތައް ލިބެން ހުރެއެވެ.
އަޝްރަފީގެ ފިރާތައް ހުޅުވާފަ ހުންނަނީ ހެނދުނު 9:00އިން ފެށިގެން އިރުއޮއްސި 6:00 އަށެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން 10:00 އަށެވެ.

