ކާމިޔާބަކީ ފަތިސްނަމާދުގެ ދެރަކުއަތެވެ. އަރާމު ނިދިން ހޭލައި އަވަހަށް ތެދުވެ ނަމާދުކުރާށެވެ. މާތްﷲ ގެ ރުއްސެވުން ލިބޭނެއެވެ. ތިބާ އަށް ފުރިހަމަ ސިއްޙަތެއް ދެއްވާނެއެވެ. މުޅި ދުވަހުގައި ބަރަކާތް ލައްވާނެއެވެ. ވަގުތު ނުވެގެން ކަމެއް ނުކުރެވި ހުންނާކަށް ނުޖެހޭނެއެވެ.
އަރާމު ނިންޖަށްވުރެ ފަތިސްނަމާދު އިސްކޮށްފި މީހާ ދުނިޔެއަށް ވުރެ އާޙިރަތް އިސްކޮށްފިކަން ކަށަވަރެވެ. އެމީހަކަށް ދެދުނިޔޭގެ އުފާވެރިކަން ހުއްޓެވެ.
ފަތިސް ނަމާދުގެ ބަންގިއަށް ގައިމަތީގައި އަޅާފައިވާ އަރާމު މަޑު ރަޖާގަޑު އުފުއްލާލާ އެނަމާދަށް ތެދުވާ މީހާ އަކީ ވަރަށް ހިތްވަރު ގަދަ މީހެއް ކަމަށް ވާނެއެވެ. ހެނދުނު ހެނދުނާ ތެދުވެ ފަތިސް ނަމާދު އަދާކުރުމަށް ފަހު ރިޒުޤު ހޯދުމަށް މަސައްކަތް ކުރާ މީހަކަށް ވުރެ ކާމިޔާބު މީހަކު ނުހުންނާނެކަން ކަށަވަރެވެ.
ފަތިސް ނަމާދު އަޅައި އެވަގުތުގައި ނިދަން އޮތުމަކީ ބޮޑުވެގެންވާހަރާމް ކަމެކެވެ. އެދަފަ މީހުން ވަނީ މުނާފިގުންނާއި އެކުގައި ކަމަށްވެއެވެ.
ފަތިސް ވަގުތުގެ ވުޟޫ އާއި އެކު ދޮވެވި ސާފު ވެގެންދަނީ ހަމަ އެކަނި ތިބާގެ ހަށިގަނޑެއް ނޫނެވެ. ހިތްވެސް ދޮވެވި ފާފަތަކުން ޠާހިރުވެގެން އެދަނީ ތިބާގެނަފްސެވެ. ނިދަންވާނީ ފަތިސް ނަމާދަށް ހޭލުމުގެ ނިޔަތާއި އަޒުމުގައެވެ.

