ސިންގަޕޫރަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވައިލެއްވުމަށް ފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ރޭ ރާއްޖެ ވަޑައިގެންފިއެވެ.
ރައީސްގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގެންނެވީ ހުސްވި ހަފްތާގެ ބުދަ ދުވަހުއެވެ. ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅަށް ފަހު ރައީސްއާ، ފަސްޓް ލޭޑީ އެބުރި މާލެ ވަޑައިގެންފައިވާ ކަމަށެވެ.
ދަތުރުގެ ތަފްސީލެއް އެ އޮފީހުން ހާމައެއް ނުކުރެއެވެ.
މި އަހަރުގެ މާޗު މަހުވެސް، ރައީސްއާ ފަސްޓް ލޭޑީ ވަނީ ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ. އެ ދަތުރުފުޅުގައި ސިންގަޕޫރްގައި ތިން ދުވަސް ހޭދަކުރެއްވިއެވެ.
ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ފަހުވެސް ސިންގަޕޫރަށް ނުރަސްމީ ދަތުރުފުޅެއް ރައީސް ކުރައްވިއެވެ.

