މާތް ﷲ ވޮޑިގެން ވުން ފަދަ އިސްލާމް ދީނުގެ އަސާސްތަކާ ހިލާފަށް ދިވެއްސަކު ފޭސްބުކްގައި ޕޯސްޓުކުރާ މައްސަލަ ފުލުހުން ބަލަމުންދާ ކަމަށް ބުނެފި އެވެ.
ސޯޝަލް މީޑިއާ އެކްސް މެދުވެރިކޮށް އާންމު މީހަކު ވަނީ މި މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ގެނެސްފަ އެވެ.
އެ މީހާ ހިއްސާކުރި ޕޯސްޓުގައި ހިމަނާފައިވާ ފޭސްބުކް ޕޯސްޓެއްގެ ސްކްރީންޝޮޓުގައި ތުހުމަތުކުރެވޭ މީހާ ވަނީ އޭނާ ދުނިޔެއަށް އައި ގޮތާއި ޝިރުކު ކުރުމާ ގުޅޭ ގޮތުން ދީނުގައި އަންގާފައިވާ ބައެއް ހަމަތަކަށް ޖޯކު ޖަހައި ލިޔެފަ އެވެ.
ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާންގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފޭސްބުކް އެކައުންޓްގެ ހޭންޑަލްގެ ކަންކަމުގެ އިތުރުން އެ ބޭނުންކުރާ ފަރާތުގެ މައްޗަށް ސީރިއަސް ތަހުގީގެއް ހިނގަމުންދާ ކަމަށެވެ.

