ރާއްޖޭގެ އާބާދީ އިތުރުކުރަން، ސަރުކާެރުން އެލަވަންސެއް ތައާރަފްކުރަން ޖެހޭ ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަހްމަދު ސަލީމް ވިދާޅުވެއްޖެ އެވެ.
ސަލީމް މިގޮތަށް ވިދާޅުވީ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް ބަހުސް ކުރައްވަމުންނެވެ. އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހެޅުއްވި އެ އިސްލާހަކީ މަޖިލީހުގެ %33 އަންހެނުންނަށް ހާއްސަ ކުރުމަށް ގާނޫނު އަސާސީ އިސްލާހުކުރަން ހުށަހަޅާފައިވާ އިސްލާހެކެވެ.
ސަލީމް ވިދާޅުވީ ދުރު މުސްތަގްބަލަށް ވިސްނާއިރު އިގްތިސޯދާ އެއްވަރަށް ރާއްޖޭގެ އާބާދީ އިތުރުވަމުން ނުދާ ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭ މައްސަލައެއް ކަމަށެވެ.
އާއިލާގެ ސައިޒް ކުޑަވަމުންދާ އެއް ސަބަބަކީ ދިރިއުޅުމުގެ ހަރަދު ބޮޑުވުން، މާލޭގައި ތޮއްޖެހުން، މާލޭގައި ދިރިއުޅޭނެ ގޮތެއް ނެތުން. މިކަންކަމުގެ ސަބަބުން އާއިލާގެ ސައިޒް ކުޑަވަމުންދާކަން އެއީ އަޅުގަނޑުމެން އެންމެން ދަންނަ ހަގީގަތެއް،” ސަލީމް ވިދާޅުވި އެވެ.
“އަޅުގަނޑު ގަބޫލުކުރަނީ މިހާރު ރާއްޖޭގައި މިއޮތީ ޔުނިވާސަލް ޗައިލްޑް ބެނެފިޓް އެލަވަންސް ތައާރަފް ކުރުމުގެ ވަގުތު އައިސްފައޭ،”
“އެނޫން ގޮތަކަށް އަޅުގަނޑުމެންނަކަށް ނެތް ރާއްޖޭގެ އާބާދީ މަތިކުރެވޭކަށް.”

