އަމިއްލަ ނަފުސުދެކެ ނުރުހުންވެއެވެ. ގާތްމީހުންދެކެ ކައިރީގައި އުޅޭ މީހުންދެކެ ވެސް ފޫހިވާހާ ވެއެވެ. ހަމަޖެހިގެން އިށީނދެ އިނދެވެން ނޯންނައިރު އޮށޯވެ އަރާމު ކޮށްލެވޭކަށް ވެސް ނެތެވެ. މިއީ ނުހަނު އުނދަގޫ އަދި ދަތި ހާލަތެކެވެ. ހައިވާވަރަަކަށް ކެވޭ ތަކެތި ހަށިގަނޑުން ބޭރު ނުވެ ބަނޑުތެރޭގައި ހަރުލާފައި ހުރުމުން ކުރެވޭ އިހުސާސް ކިޔައިދޭކަށް ވެސް ފަސޭހައެއް ނޫނެވެ.
އެހެންކަމުން ހޯދާ ބަލައިގެން ޑޮކްޓަރުންގެ މަޝްވަރާ އާ އިރުޝާދުގެ މަތިން ދައްކަން މިއުޅެނީ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅުކޮށް ބަނޑުހަރުވުމުން ސަލާމަތްވުމަށް ރައްކާތެރިވެ ދުރުވެގަންނަން ޖެހޭ އާދަތަކެއްގެ ވާހަކައެވެ.
ކަމާބެހޭ އަދި އަޔުވްްރެދިކް މާހިރަކު ބުނާ ގޮތުގައި މި 5 ގޯހުން ދުރުހެލި ވެއްޖެނަމަ ހަޖަމުކުރުމުގެ ނިޒާމު ރަނގަޅު ކުރުމަށް އެއްވެސް ބޭހެއް ބޭނުން ނުވާނެ އެވެ.
ދުޅަހެޔޮ ސިއްހަތަކަށް ވާސިލްވުމުގެ މަގު ދައްކަަނީ ބަނޑުނެވެ. މާނައަކީ ގޮހޮރުގެ ސިއްހަތު މުޅި ހަށިގަނޑަށް އަސަރުކުރާ ވާހަކައެވެ. ގޮހޮރުގެ ސިއްހަތު މީހާގެ ދިފާޢީ ނިޒާމުން ފެށިގެން މޫޑު ނުވަތަ އުޅޭ އުޅުމާ ހަމައަށް ވެސް އަސަރު ފޯރުވައެވެ. އެހެންކަމަށްވުމާއެކު ދުޅަހެޔޮ ކާނާ ކެއުމުގެ އިތުރުން ހަޖަމުކުރުމުގެ ނިޒާމު ރަނގަޅު ކުރުމަށް ރަނގަޅު ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެކެވެ.
އަޔޫރްވެދުގެ މާހިރު ޑރ ޑިކްސާ ބަވްސާރ ސަވަލިޔާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާ ކޮށްފައިވާ ޕޯސްޓުގައި ހަޖަމުކުރުމުގެ ނިޒާމު ދަށްވުމުގެ ސަބަބަކަށް ވެދާނެ ބައެއް ކަހަލަ އާދަތައް ހާމަކޮށްފައި ވެއެވެ.
ހަޖަމުކުރުމުގެ ނިޒާމު ރަނގަޅު ކުރުމަށްޓަކައި ދުރުހެލިވާންވީ ކަންތައްތަކުގެ ތެރޭގައި:
- ކެއުމަށްފަހު ހަމަ ވަގުތުން ފެންވެރުން
ފެންވަރާލުމުން ހަށިގަނޑުގެ ފިނިހޫނުމިން ދަށްވެ، އެކަމުގެ ސަބަބުން ހަޖަމުކުރުން ލަސްވާނެއެވެ. އަހަރެމެންގެ ހަޖަމުކުރުމުގެ އެންޒައިމްތައް ވެސް މަސައްކަތް ކުރަނީ ފިނިހޫނުމިނުގެ ހަނި ރޭންޖެއްގައި ކަމަށާއި، ކެއުމަށްފަހު ވަގުތުން ފެންވަރާލުމުން އެ އެންޒައިމްތަކުގެ އަސަރު ކުޑަވާނެ ކަމަށް ޑރ ޑިކްސާ ބަވްސާ ހާމަކޮށްފައިވެއެވެ. އެހެންކަމުން، ކެއުމާއި ފެންވެރުމާ ދެމެދު މަދުވެގެން 2 ގަޑިއިރުގެ ދުރުމިނެއް ބަހައްޓަން ސަމާލުވާން ވާނެއެވެ.

ކެއުމަށްފަހު އަވަހަށް ފެންވެރުމަކީ ނުރަނގަޅު އާދައެއް
- ކެއުމަށްފަހު ހަމަ އެވަގުތު ކަސްރަތުކުރުން
މަންމަމެން މާމަމެން އަބަދުވެސް ބުނަނީ ކެއުމަށްފަހު ކަސްރަތު ނުކުރުމަށް ނޫން ހެއްޔެވެ؟ މަންމަގެ މިލޮޖިކް އާ ޑރ ސަވާލިޔާ އެއްބަސްވެއެވެ. ޑޮކްޓަރު ވިދާޅުވާ ގޮތުގައި، "ދިގު ދުރުމިންތަކުގައި ހިނގުމާއި، ފަތާލުމާއި، ކަސްރަތު ކުރުމާއި – މި ހުރިހާ ހަރަކާތަކީ "ވަޓާ"(VATA) ގޯސްކުރާ ކަންތައްތަކެވެ.
ނޯޓު: VATA، އަޔުވްރެދިކްގެ ބަހެކެވެ. ވަޓާާގެ މާނައަކީ ހަރަކާތްތަކާއެކުގައިވާ ހަކަތައެވެ. ނުވަތަ ހަރަކާތްތަކުން ލިބޭ ހަކަތައެވެ. ވަޓާ އަށް އުނދަގޫ ކުރުމަކީ ބޮލުގައި ރިއްސުމާއި، ނިއުޓްރިޝަން ދަށްވުމާއި، ކެއުމަށްފަހު އުނދަގޫވާ ކަމުގެ އިހުސާސް ކުރުމެވެ.
ކެއުމަށްފަހު ކަސްރަތު ނުކުރުމަށް ނަސޭހަތްތެރި ވަމުން ދާއިރު، ޑޮކްޓަރ އިރުޝާދު ދެއްވަނީ ކެއުމަށްފަހު އެންމެ އަވަހަށް ހަރަކާތްތެރިވުމަށް ބޭނުންވާނަމަ "ޝަޓް ޕަވަލީ" އެއް ހަދާލާށެވެ. "ޝަޓްޕަވަލީ އަކީ "ސަތޭކަ ފިޔަވަޅު" އެޅުމެވެ. އެހެންކަމުން، ކެއުމަށްފަހު މަޑުމަޑުން ހިނގުމަކީ ގާތްގަނޑަކަށް 1-10 މިނެޓް ވަންދެން – މިއީ ކޮންމެ ދުވަަހަކު ކެއުމަށްފަހު ކޮށްލަން ރަނގަޅު އާދައެކެވެ.
- މެންދުރުގެ ކެއުން ލަސްކުރުން
ޑޮކްޓަރުންނާއި ދިރާސާވެރިން ލަފާދާ ގޮތުން މެންދުރު 12 އާއި 2 އާއި ދެމެދުގެ ވަގުތެއްގައި މެންދުރުގެ ކެއުން ކާން ޖެހެ އެވެ. ކާއެއްޗެހި ފަސޭހައިން ހަޖަމުވާން ބޭނުންނަމަ ޕިއްޓާއަށް ވަރަށް ބޮޑަށް ސަމާލުކަން ދޭން ޖެހެއެވެ.
ދުވަހުގެ އެންމެ މުހިންމު ކެއުމަކީ މެންދުރުގެ ކެއުމެެވެ.
- ކެއުމަށްފަހު ނިދާލުން
އަހަރެމެންގެ ސާރކޭޑިއަމް ރިދަމްސް ނުވަތަ ބަޔޮލޮޖިކަލް ކްލޮކް ޑިކްޓޭޓް ކުރަނީ ހަށިގަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުންނެވެ. އަހަރެމެން ނިދާއިރު އަހަރެމެންގެ ހަށިގަނޑުގެ ފިނިހޫނުމިން ދަށްވާން ފަށައެވެ. ކެއުމާއި ނިދާ ވަގުތާ ދެމެދު މަދުވެގެން 3 ގަޑިއިރުގެ ދުރުމިނެއް ހުންނަންޖެހެއެވެ.
"ނިދުމުގެ ތެރޭގައި ހަށިގަނޑު ހަމަޖައްސައި، އަލުން އާލާކޮށްދޭއިރު ސިކުނޑިން ދުވަހުން ފެށިގެން ކުރާ ޚިޔާލުތަކާއި ޖަޒުބާތުތަކާއި ތަޖުރިބާތައް ވެސް ހަޖަމުކުރެ އެވެ." ޑރ ސަވާލިޔާ ވިދާޅުވި އެވެ. އެހެންކަމުން ދުވަހުގެ އެންމެ ފަހުގެ ކެއުމުގެ ވަގުތަކީ ރޭގަނޑަށް އިރުއޮއްސުމުގެ ކުރިން ހަވީރު ނޫނީ ރޭގަނޑު ނިދުމުގެ ހައެއްކަ ގަޑިއިރު ކުރި ކަމަށް ހެދުން މުހިންމެވެ.

