މެއިން ދިލަ ނަގަނީ ކީއްވެ؟
މެއިން ދިލަނެގުމާއި ކުރިމަތިލާން ޖެހިދާނެ ވަރަށް ގިނަ ކަންތައްތަކެއްވެއެވެ. އޭގެތެރޭގައި ހަޖަމްކުރުމުގައި ދިމާވާ މައްސަލަތަކަކާއި ބަނޑުގައި އެސިޑް އުފެދުން އަދި ގޮހޮރު ފާރުވުން ހިމެނެއެވެ.
މެއިން ދިލަނަގާކަން އިހްސާސް ކުރެވޭނީ ކިހާ ހިސާބަކުން ފެށިގެން؟
މޭދަށާއި ބަނޑުން ފެށިގެން، ކަރާހަމައަށް ދިލަނަގާ ކަހަލަ ތަދެއް އިޙްސާސް ކުރެވޭނަމަ އެއީ މެއިން ދިލަނެގުމާއި ގުޅުންހުރިކަމެކެވެ. ބައެއް މީހުންށް މިކަމުގެ އަލާމާތެއްގެ ގޮތުން އަނގައިގައި ހިތިރަހައެއް ހުންނަނަކަމަށްވެއެވެ. މިކަމުގެ ތަދުނ(ބޮޑަށް ވައަތަށް ނުވަތަ ކަރާއި ހަމައަށް) ވާޞިލް ވާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދާށެވެ.
މިތަދު އިހްސާސް ކުރެވޭނީ ކޮން ވަގުތުތަކެއްގައި؟
މާގިނައިން ހަވަދުގެ ބާވަތްތައް ގިނަ ކާނާ ކެއުމަށްފަހު، ރޭގަނޑު އެނދުގައި އޮށޯވެގެން އޮންނައިރު، ހަށިގަނޑު ގުދު ކޮށްލުމުން، އުނަގަނޑަށް ބާރުހެދުން ލައިގެން ހުންނައިރު، މިއިން އެއްވެސް ހާލަތެއްގައި ތަދު އިޙްސާސްކުރެވޭނަމަ އެއީ މެއިން ދިލަނެގުމުގެ ޢަލާމާތެކެވެ.
މެއިން ދި ލަނގަނީ ކޮންބައެއްގެ؟
އެކިމީސް މީހުންނަށް މި މައްސަލަ ދިމާވާނީ އެކިވަރަށެވެ. މިކަމުގެ އަސަރު ބޮޑަށް ކުރާނީ ގިނައިން ސިގިރެޓް ބުއިމުން، މާ ބަރުދަން އިރުތުވުމުން، ވަރުބަލިވުމުން، މާބަނޑުވުމުން، ފަދަ ހާލަތްތަކުންނެވެ.
ކާތަކެތި ދަތުރުކުރާ ހޮޅިއަށް މައިދާގައި އުފެދޭ އެސިޑް ދަނީ ކީއްވެ؟
ކާތަކެތި ދަތުރުކުރާ ހޮޅިއަށް މައިދާގައި އުފެދޭ އެސިޑް ޖަމާވުމަށް މެދުވެރިވާ ގިނަ ސަބަބުތަކެއްވެއެވެ. މައިދާއަށްދާ ކާތަކެތި އަނބުރާ ކާތަކެތި ދަތުރުކުރާ ހޮޅިއަށް އައުން މަނާ ކުރުމަށްޓަކައި ކާތަކެތި ދަތުރުކުރާ ހޮޅީގެ ނިމޭކޮޅުގައި ވޭލެއް ހުރެއެވެ. މިވޭލްވް ބަލިކަށިނަމަ، މައިދާގެ ތެރޭ އުފެދޭ އެސިޑް ފަދަ ތަކެތި ކާތަކެތި ދަތުރުކުރާ ހޮޅިތެރެއަށް ފަހަރުގައި ހިނގައިދާނެއެވެ. ކޮންމެ ކެއުމަކަށްފަހު މިވޭލްގެ މަސައްކަތުގެ ޕްރެޝަރު އިތުރުވެއެވެ.
ކާއެއްޗެހި ދަތުރުކުރާ ހޮޅިން ތިރިއަށް ކާއެއްޗެހި ދަތުރުކުރަނީ ބިމަށް ދަމާބާރުގެ އެއީގައެވެ. ނަމަވެސް އޮށޯތުމުން ނުވަތަ ގުދުވުމުން މިއާ އިދޮކޮޅަށް ކަންތައް ދިމާވެއެވެ. އަދި މިގޮތަށް ދިމާވަފަހަރު، ކާތަކެތި ދަތުރުކުރާ ހޮޅީގެ ތިރީގައި އިންނަވޭލްވް ބަލިކަށި ނަމަ ކާއެއްޗެހި މައްޗައް އަންނަގޮތް ވެއެވެ. މީގެއިތުރުން ހަޖަމު ކުރުމަށްޓަކައި ބަނޑުގައި އުފެދޭ ޕްރެޝަރު އިތުރުވެ ކާތަކެއްޗާއި އެސިޑް އިދިކޮޅަށް ދައުރުވާ ގޮތްވެއެވެ.
މެއިން ދިލަނެގުމަށް ފަރުވާކުރާނީ ކިހިނެއް؟
މިކަމަށް ފަރުވާ ހޯދުމުގެ ކުރިން، އެންމެ ފުރަތަމަ މިކަންތައްތައް ދިމާވާން ޖެހުނު މައިގަނޑު ސަބަބު ދެނެގަތުމަކީ ވަރަށް ބޭނުން ކަމަކެވެ. އެއީ މައިދާގައި އެސިޑް ހުންނަންވާ ހިސާބު ފިޔަވައި އެހެން ހިސާބުތަކަށް ދިއުމެވެ. އެންމެ ރަނގަޅު ގޮތަކީ މައިދާގައި އެސިޑް ހުންނަންވާ ހިސާބުގައި ހިފެހެއްޓުމެވެ. އަދި ކާތަކެތި ދަތުރުކުރާ ހޮޅިއާއި ހަމަޔަށް އެސިޑް ދަތުރުކުރިޔަ ނުދިނުމަށެވެ.
މެއިން ދިލަނެގުމުން ސަލާމަތްވުމަށް:
- ހާބަލް ޓީ (ކެމޯމައިލް، ލިކޯރިސް އަދި އިނގުރު)،
- ލޯ ފެޓް ކިރު،
- ޕްލާންޓް ބޭސްޑް ކިރު (އޯޓް، ފްލެކްސް، ނުވަތަ އާމަންޑް މިލްކް)،
- ސްމޫތީ،
- ކޮކޮނަޓް ވޯޓާ އަދި ނޮނަސިޑިކް ޖޫސް (ކަރާ، ކެރެޓް އަދި އެލޯވެރާ) އަކީ އެސިޑް ރިފްލަކްސްގެ އަލާމާތްތައް މެނޭޖްކުރުމަށް އެހީތެރިވެދޭ އެއްޗެކެވެ.

