އެމްއޭސީއެލްގެ ވެހިކަލެއް ވަގަށްނެގި މައްސަލައެއްގަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެމްސިއެލްގެ އުޅަނދެއް ގެއްލިފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
އެހެންކަމުން އެކަމުގައި ތުހުމަތު ކުރެވޭބަޔަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
މި މައްސަލަ މިހާރު ގެންދަނީ ތަހުގީގް ކުރަމުންދާކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

