މަދިރިއަކީ ކުޑަ ނަމަވެސް ނުރައްކާތެރި އެއްޗެކެވެ. މަދިރިން ފެތުރޭ ބަލިތަކުގެ ސަބަބުން އެތައް ބައެއް މަރުވާކަމަށް ވެއެވެ. މަދިރިން ޖެހޭ ބަލިތަކުގެ ތެރޭގައި ޑެންގޫ،ފައިލޭރިޔާ ހިމެނެވެ. މިއީ މަދިރީގެ ޒަރީއްޔާއިން ދިވެހިރާއްޖޭގައި އާންމުކޮށް ފެތުރޭ ބައެއްބަލިތަކެވެ.
މަދިރިއާއި ބެހޭގޮތުން ހައިރާން ކުރުވަނިވި ވާހަކަތަކެއް ބުނެދެން ހެއްޔެވެ؟
ދުވާލަށް ވުރެ ބޮޑަށް މަދިރީގެ ހަރަކާތްތައް އިތުރުވަނީ ރޭގަނޑު އެވެ. މަދިރީގެ ތެރެއިން ދަތްއަޅަނީ އަންހެން މަދިރިއެވެ. މަދިރި ކަޅުކުލައަށް ވަރަށް ލޯބިކުރައެވެ. މަދިރިއެއް އުފެދެން ބޭނުންވަނީ މޭޒުމަތީ ސަމުސަލުގެ 1 ސަމްސާ ފެން ކަމަށް ވެއެވެ.
މިދުވަސްވަރަކީ މަދިރީގެ ސަބަބުން ޖެހޭ ބައްޔެއް ކަމަށްވާ ޑެންގޫހުން ރާއްޖޭގައި ފެތުރެމުންއަންނަ ދުވަސްވަރެއްކަމުން މަދިރި އުފެދޭ ގޮތަށް ހުންނަ ތަކެތި ނައްތާލައި ސާފުތާހިރުކަމަށް ލޯބިކުރުން މުހިއްމެވެ.
މަދިރިއެއް ދަތްއެޅުމަކީ ކަންބޮޑުވާ ވަރުގެ ކަމެކެވެ. މަދިރިއެއް ދަތް އެޅުމުން ހުންއައިސް ބޮލުގައި ރިއްސާ ގައިގެ ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެ ނަމަ އަވަހަށް ޑޮކްޓަރުގެ ލަފާ ހޯދާށެވެ. ފަރުވާކުޑަކޮށް ދޫކޮށްލަންވީ ވަރުގެ ކަމެއް ނޫނެވެ. ފުރާނަޔަތް ނުރައްކާ ވުމުގެ ކުރިން ސަލާމަތްވުމަށް މަސައްކަތް ފަށާށެވެ.

