ގއ. ކޮނޑޭގެ ތާރީޚާއި ބެހޭ ފޮތެއް ލިޔެދޭނެ ފަރާތެއް ހޯދުމަށް އެ ރަށު ކައުންސިލުން އިއުލާނު ކޮށްފިއެވެ.
ކޮނޑޭ ކައުންސިލުން ބުނީ ތާރީހާއި ބެހޭ ފޮތަކީ ކޮނޑޭގެ 50 ވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ކައުންސިލުން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ހަރަކާތްތެއް ކަމަށެވެ. އެގޮތުން އެ ދުވަހުގެ ހަރަކާތާއި ގުޅޭ ގޮތުން ތާރީޚާއި ބެހޭ ފޮތް ލިޔެ ތައްޔާރު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ. އެއި ރަށުގެ ތާރީހު ދެމެހެއްޓުމައްޓަކާއި ކުރެވޭ މުހިންމު ކަމެއް ކަމަށްވެސް ބުނެފައި ވެއެވެ.
ގއ. ކޮނޑޭއަކީ މުއްސަނދި ތާރީހެއް އޮތް ރަށެއްކަމަށް ތާރީހުން ފެންނަން ހުރެއެވެ. އެގޮތުން މާލޭ ހުކުރު މިސްކިތުގެ ބައެއް ސާމާނުތައް ބޭނުންކޮށްގެން އެރަށުގެ ކުޑަ މިސްކިތެއް ބިނާ ކޮށްފައި ހުރިކަމަށްވެސް ވެއެވެ. އަދި ހަވިއްތައާއި، ވެއު ފަދަ ތަންތަންވެސް އެ ރަށުގައި ހުރެއެވެ.
ކޮނޑޭ ކައުންސިލުން ބުނީ ޕްރޮޖެކްޓްގައި ރަޖިސްޓްރީ ކުރެވޭނީ މިއަދުންފެށިގެން މިމަހުގެ 15 ވަނަ ދުވަހާއި ހަމަޔަށް ކަމަށެވެ. އަދި އެ މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްއޮތްނަމަ 15 ވަނަ ދުވަހުގެ ކުރިން އެ ކައުންސިލަށް ގުޅައިގެން ނުވަތަ މެއިލް ކޮށްގެން ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ބުނެފައި ވެއެވެ.
މިއީ މިފަދަ ތާރީހީ ފޮތެއް ތައްޔާރުކުރުމަށް އެ ކައުންސިލުން އާންމު ކުރި ފުރަތަމަ ފަހަރެވެ. މިއިޢުލާނާއި ގުޅިގެން ބޭއްވޭ ޕްރީ ބިޑް މީޓިންގ އޮންނާނީ 16މި މަހު 16 ވަނަ ދުވަހު 13:00 ގައި ކޮނޑޭ ކައުންސިލް އިދާރާގައެވެ.

