ޗައިނާގައި އޮންނަ އައިޓީބީ ޗައިނާ ފެއާގައި، މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ސައި، ކޮފީ އަދި ބިސްކޯދު ފަދަ ތަކެތި ހިލޭ ފޯރުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާނު ކޮށްފިއެވެ.
ސަރުކާރުގެ ގެޒެޓުގައި ކޮށްފައިވާ އިއުލާނެއްގައި، https://www.gazette/ މި ހިދުމަތް ހިލޭ ދޭން ޖެހޭނީ އައިޓީބީ ޗައިނާ ފެއާގައި ހުންނަ ރާއްޖެ ތަމްސީލުކުރާ ސްޓޭންޑުގައި ކަމަށް ވަނީ ބުނެފައެވެ. މިފެއަރ ބާއްވާނީ މި މަހުގެ 27 އިން 29ވަނަ ދުވަހުގެ ނިޔަލަށެވެ. މިއީ ކޮންމެއަހަރަކުވެސް ބާއްވާ ފެއަރއެކެވެ،
މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން މައުލޫމާތު ސާފުކުރުމަށް އެމްއެމްޕީއާރްސީއިން އެދިފައިވެއެވެ.
އިތުރަށް އެ އިއުލާނުގައި ބުނީ، އަންނަ އަންގާރަ ދުވަހުގެ ކުރިން މި ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅަން އެދިފައިވެއެވެ.
މި އަހަރަށް ފާސްކުރި ބަޖެޓުގައި ރާާއްޖެ ޕްރޮމޯޓުކުރަން އެމްއެމްޕީއާރުސީއަށް 154.2 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ދީފައެެވެ،

