މެޑީއީޓްސް ނަމުގައި ޔޫޓިބުޗެނަލް އެއް ހިންގަމުން އަންނަ މަދޫރީ ލާހިރީ އަކީ އިންޑިއާގެ މަޝްހޫރު ޔޫޓިއުބަރ އެކެވެ. މެޑީއީޓްސް އަކީ 4.9 މިލިއަން ސަބްސްކުރައިބަރުން ތިބި ޗެނަލްއެކެވެ. އޭނާ އަޕްލޯޑްކުރަމުން އަންނަ ކޮންމެ ވީޑިއޯ އެއްގެ ކޮމެންޓަސް އަދި ވިއުސް އަށް ބަލައިލުމުން އާންމުންގެ މެދުގައި އޭނާއަށް އޮންނަ މަޤުބޫލުކަން ފެނިގެން ދެއެވެ.

މެޑީގެ މަންމަ އާއި އެކު:ފޮޓޯގޫގުލް
މެޑީއަކީ އޭނާގެ މަންމައާއި ބައްޕަގެ ހުރިހަމައެކަނި ދަރިފުޅެވެ. މެޑީގެ މަންމައަކީ މީރުކޮށް ކައްކާ މީހެއްކަމުން މެޑީގެ ވީޑިއޯތަކުގައި ފެންނަ ހުރިހާ ކާއެއްޗިއްސަކީ މެޑީގެ މަންމަގެ އަތުން ތައްޔާރު ކޮށްފައި ހުންނަ އެއްޗިއްސެވެ.
މެޑީއީޓްސްގެ އިތުރުން މެޑީސްލައިފްސްޓައިލް ނަމުގައި ޗެނަލްއެއް ހުރެއެވެ. މެޑީގެ ޔޫޓިއުބް ޗެނަލްއަށް މަހެއްގެ މައްޗަށް 152 ހާސްޑޮލަރު ގެ އާމްދަނީއެއް ލިބޭ ކަމަށް މޭޑީގެ ހާމަކޮށްފައިވެއެވެ. މިއީ ގޭގައި ހުރެގެން އާމްދަނީ ހޯދުމަށް ކުރުން ރަގަނޅު ކަމެއްކަމަށް މެޑިބުނެއެވެ. އިންޑިއާގައި ޔޫޓިބްޗެނަލް ހަދައިގެން އާމްދަނީ ހޯދަމުން އަންނަ ވަރަށް ގިނަ ފަރާތްތައް އުޅެއެވެ.

