2023 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލިސް ”ޑެޑްލޮކް“ އަކަށް ގޮސް މަޖިލިސް ހުއްޓުމަކަށް ދިޔައެވެ. އޭގެ ސަބަބުން ބޮޑު ކަންބޮޑުވުމަކަށް އެމައްސަލަ ވެގެން ދިޔައެ ވެ. މަޖިލީހުގެ މަސައްކަތްތައް ހުއްޓި އެތަކެއް ދުވަހެއް ފާއިތުވެ ދިޔައިރުވެސް ބޮޑު މުސާރާއިގައި މެމްމަބރުން ދިޔައީ މުސާރަނަގަމުންނެވެ. އެހެންކަމުން އޭރު ރައްޔިތުން ބުނަމުންދިޔައީ އެކަމުގެ ޒިންމާ އޭރުގެ ސަރުކާރާއި އެމްޑީޕީން ނަގަންޖެހޭނެ ކަމަށެވެ.
19 މަޖިލީހުގައި އެމްޑީޕީއަށް ލިބިފައި އޮތް ބޮޑު މެޖޯރިޓީއާއެކު ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދެވި، މަޖިލީހުގައި އެޅުވުނު މަރުތަޅު ނެއްޓޭ ގޮތަށް، މަޖިލީހުގެ ގަވާއިދަށް ބޮޑެތި އިސްލާހުތަކެއް، މަޖިލިސް ކޮންޓްރޯލް ކުރާ އެމްޑީޕީން ނަގާނެ ކަމަށް އެޕާޓީން ދިޔައީ ބުނަމުންނެވެ.
ބޭނުންހާގޮތަށް ކަންކަންކުރުމުގެ ފުރުސަތު ރައްޔިތުން އޮތީ ދިފައެވެ. އޭގެ ބޭނުންނަހަމަގޮތުގައި ހިފާ އެކަމުން ނާޖާއިޒު ފައިދާ ނަގާތަންދިޔައީ ފެންނަމުންނެވެ. ކަންމިހެން އޮތުމުން ކުރެވުނު ކަންތައްތަކާއި ނުކުރެވުނު ކަންތަކަށް ރައްޔިތުން މިއަދު އަޅާކިޔަނީ ވަރަށް ދެރަކޮށެވެ.
ރައްޔިތުން ބުނަމުންދަނީ ކުރެވުނު ކަންތައްތައްވުރެ ނުކުރެވުނު ކަންތައްތައް މާގިނަ ކަމަށެވެ.
މަޖިލީހުގެ ރައީސް އަސްލަމް ވިދާޅުވީ ހިނގަމުން މިދާ 19 ވަނަ ދައުރު ނިމޭއިރު 322 ޝަކުވާގެ ސިޓީއަކާއި ޖަވާބު ނުލިބޭ 21 ސުވާލު އެބައޮތްކަމަށެވެ.
” އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ބައެއް ސުވާލުތައް އެޖެންޑާ ކުރެވޭތޯ. އަޅުގަނޑު ވަރަށް ބޮޑަށް އެދެން ސުވާލުތައް ހުށަހަޅާފައިތިބި މެމްބަރުން މިކަމަށް ވަގުތު ހުސްކޮށްދިނުމަށް. 322 ޝަކުވާގެ ސިޓީތައް އާންމު އުސޫލެއްގެ ގޮތުން އާންމު ކޮމިޓީއަށް ހުށަހަޅާނީ. އެކޮމިޓީގަ މިހާރުވީ. އެ ކޮމިޓިން ޝަކުވާ އާ ގުޅެ ކޮމިޓީތަކަށް ދެން ހުށަހަޅާނީ” އޭނާ ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ ކޮމިޓީން ދައުރު ނިމުމުގެ ކުރިން ސިޓީތަކަށް ޖަވާބު ދެއްވުމަށް މުގަރިރުންނަށް ދަންނަވާނެ ކަމުގައެވެ. މިއީ 7 މޭ ގައި ކުރިއަށްދިޔަ މަޖިލީހުގައި ޖަލްސާފަށަމުން އަސްލަމް ހުށައެޅި ކަންބޮޑުވުންތަކެވެ.
މީގެ އިތުރުން މިހަފްތާގެ ދުވަސްތައް ހިމަނައިގެން ބުރާސްފަތި ދުވަހާއި އާދިއްތަ ދުވަހުވެސް އިތުރު ޖަލްސާއެއް ބާއްވައިގެންވެސް މަސައްކަތްތަށް ނިންމަން ޖެހޭ ކަމަށްވެސް އަސްލަމް ވިދާޅުވިއެވެ.
މި ދައުރުގެ މި މަޖީލީސް ނިމެންއޮތީ ދެތިން ހަތަރު ދުވަހެވެ. އަދި މަސައްކަތްތައްހުރީ ނުމިނިއެވެ.
ނަމަވެސް މިއަދުވެސް ޖަލްސާއެއްކުރިއަށް ދިޔައެވެ. މިއަދުގެ ޖަލްސާގެ ކޯރަމް ހަމަނުވެގެން ޖަލްސާ ބާއްވަން ތާވަލު ކުރި ގަޑިއަށް ނުފެށުނެވެ. އަސްލަމް ވިދާޅުވީ ކޯރަމް ހަމަނުވެގެން ޖަލްސާ ނުފެށިފައިވާއިރު ބައެއް މެންބަރު ތިބީ ބޭރުގައި ކަމަށެވެ.
މަޖިލީހުގެ ފަސް އަހަރުގެ މި ދައުރު ނިމޭނީ މި މަހު 15ގައެވެ. މަޖިލީހުން އެހެން ގޮތަކަށް ކަނޑަނާޅާނަމަ މިދައުރުގެ އެންމެ ފަހުގެ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހު 13 ވަނަ ދުހާ ހަމަޔަށެވެ.
މި ދައުރުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ ހޯމަ ދުވަހުއެވެ.
އާ މަޖިލިސް ހުވާކުރުން މި މަހުގެ 28 ވަނަ ދުވަހު އޮންނަ އިރު މަޖިލީހުގެ މަސައްކަތްތައް ހުރީ ނުނިމިއެވެ. މަޖިލީހުގެ މަރުތަޅުއެޅުވުމުގެ ބޭނުން މިއަދު ރައްޔިތުންނަށް ފެނިއްޖެއެވެ. މަޖިލިސް ހިސޯރު ކޮށްގެން ފަސްއަހަރު ހޭދަކޮށް މަސައްކަތް ނުނިންމާ މުސާރައިން ފުއްދާލި ތަންވެސް ފެނިއްޖެއެވެ.
އަސްލަމްގެ ދުލުން މި ކިޔައިދިނީ ޙަޤީޤީ މަސައްކަތް ނުކޮށް އޭރުކުރި ކަންތައްތަކުތަކުގެ ވާހަކަނޫން އެހެން ކޮންވާހަކައެއްތޯއެވެ.

