ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާއި މޯލްޑިވެސް ޕޮލިޓެކްނިކް، ގުޅިގެން މަސައްކަތް ކުރުމުގެ މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ސޮއި ކޮށްފިއެވެ.
މިއަދު ސޮއި ކުރި މި އެމްއޯޔޫ ގެ އަސާސީ މަގުސަދަކީ، އާރުޑީސީއާއި ޕޮލިޓެކްނިކްގެ މެދުގައި އެއްބާރުލުން ގާއިމު ކުރުމެވެ.
އާރުޑީސީ އިން ޕޮލިޓެކްނިކްގެ އިމާރާތާއި އިން ފާރުގެ ބޭނުން އެންމެ ރަނގަޅަށް ހިފުމަށް، ލޭންޑް ސްކޭޕިންގ ގެ މަސައްކަތްތައް ކުރުމަށް މި އެމްއޯޔޫގެ ދަށުން ވަނީ އެއްބަސް ވެވިފައެވެ. މިއެމްއޯޔޫގެ މަގުސަދުގެ ތެރޭގައި އަދިވެސް އިތުރު ކަންތައްތަކެއް ހިމެނިފައިވެއެވެ.

އާރުޑީސީއާއި މޯލްޑިވެސް ޕޮލިޓެކްނިކް، ގުޅިގެން މަސައްކަތް ކުރުމުގެ އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން….ފޮޓޯ:އާރްޑީސީ
އޭގެ ތެރޭގައި އާރްޑީސީއާއި ޕޮލިޓެކްނިކް އިން ޖޮއިންޓް ފޯސްއެއްގެ ގޮތުގައި މަސައްކަތްކޮށް، ތިމާވެށީގެ ދެމެހެއްޓެނިވިކަން ކުރިއެރުވުން ހިމެނެއެވެ. އަދި ދަރިވަރުންނާއި އިންސްޓިޓިއުޓްގެ އެހެން ސްޓޭކް ހޯލްޑަރުންނަށް އެކްސެސިބިލިޓީއާއި ރައްކާތެރިކަން އިތުރުކުރުމަށް ކަންކަން ބައްޓަންކޮށް ތަރުތީބު ކުރުންވެސް އެމްއޯޔޫގެ މަގުސަދުގެ ތެރޭގައި ހިމެނެއެވެ.

އާރުޑީސީއާއި މޯލްޑިވެސް ޕޮލިޓެކްނިކް، ގުޅިގެން މަސައްކަތް ކުރުމުގެ އެމްއޯޔޫގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން….ފޮޓޯ:އާރްޑީސީ
ހަމަމިއާއެކު، އިމާރާތާއި އިންފާރުގެ ޖާގަ އެންމެ ފުރިހަމައަށް ބޭނުންކުރުމާއި، ފެންވަރު ރަނގަޅު ފަންނީ އަދި ވޮކޭޝަނަލް ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގައި ދެ ފަރާތުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލުކުރުމުގައި މޯލްޑިވްސް ޕޮލިޓެކްނިކާ ދެމެދު އެއްބާރުލުން ދިނުނުންވެސް ހިމެނެއެވެ.

