ކުޑަކުދިންގެ ދުވަހުގެ މުނާސަބާގައި، މިއަދު ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯގެ މާލޭ އިންޖީނުގެ މިއަދު ކުޑަކުދިންނަށް ދައްކާލުމަށް ހާއްސަ ޕްރޮގްރާމްތަކެއް ފަށައިފިއެވެ.
މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނީ އެކުންފުނީގެ މާލޭ އިންޖީނުގެ ދައްކާލައި އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރި ކުރުވުމަށް މައުލޫމާތުދޭނެ ކަމަށެވެ. އަދި އިންޖިނިއަރިންގ ދާއިރާއިން ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. ހަމަމިއާއެކު ހަދިޔާ ބެހުމާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަ ކުރުމަށް ހާއްސަ ހަަރަކާތެއް އެ ކުންފުނީގެ ހެޑް އޮފީހުގައި ކުރިޔަށްދާނެ ކަމަށްވެސް ސްޓެލްކޯއިން ވަނީ ބުނެފައެވެ.
މި ހަރަކަތް ކުރިޔަށް ދާނީ މިއަދު ހެނދުނު 8:00 ން 10:00 ށް އަދި ހަވީރު 16:00 ން 18:00 އަށެވެ.
ސްޓެލްކޯއިން ވަނީ، މިޙަރަކާތުގައި ވީހާވެސް ގިނަ ކުޑަކުދިން ބައިވެރިކުރުވުމަށް އެދިފައެވެ.
ސްޓެލްކޯއިން މިއަދު ކުރިއަށް ގެންދާ މި ހާއްސަ ހަރަކާތަކީ ކުޑަކުދިންގެ ދުވަހާ ގުޅިގެން އިންޖިނިއަރިންގ ދާއިރާއަށް ކުޑަކުދިން ޝައުގުވެރިކުރުވުމަށް މަޢުލޫމާތުދީ، ފަންނީ ތަފާތު ތަޖުރިބާއެއް ކުރުމުގެ ފުރުޞަތު ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަަރަކާތެއް ކަމަށްވެސް އެކުންފުނިން ވަނީ ބުނެފައެވެ.

