ގަނެވިއްކުމުގައި މީސްތަކުންނަށް ލުއި ފަސޭހަކޮށްދިނުމަކީ ހެޔޮވެގެންވާ އަމަލެކެވެ. ހަދީޘްފުޅެއްގައި ވެއެވެ. ” މާތްﷲ މުދަލާއި ތަނަވަސްކަން ދެއްވި އެކަނލާގެ އަޅުންގެ ތެރެއިން ހިސާބު ބެއްލެވުމުގެ ވަގުތު ގެންނަވައި ވަޙީކުރެއްވިއެވެ. ކަލޭ ދުނިޔޭގައި ކުރީ ކީއްހެއްޔެވެ؟
އޭނާ ދަންނަވާނެއެވެ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އިބަރަސްކަލާނގެ މި އަޅާއަށް މުދަލާއި ތަނަވަސްކަން ދެއްވީމުއެވެ. އެއިން މިއަޅާ ވިޔަފާރިކޮށް އުޅުނީމެވެ. މިއަޅާ އެކަމުގައި މީހުންނަށް ލުއިކޮށް ދިނީމެވެ.
ތަނަވަސް މީހުންނަށް ލުއިކޮށްދީ، އަތްމަތި ތަދު މީހުންގެ ދަރަނިތައް ކަނޑައިދީ އެމީހުންނަށް ދޫދިނީމެވެ. އެހިނދު މާތްﷲ ވަޙީކުރައްވާނެއެވެ. ތިޔަކަމުގައި ކަލެއަށްވުރެ ތިމަން ރަސްކަނލާގެ މާ ހައްޤުކަން ބޮޑެވެ. ތިމަން ރަސްކަލާނގެ އަޅާގެ ފާފަތައް ކަނޑައިދީ، އޭނާއަށް ދޫދޭށެވެ”
މީސްތަކުންނަށް އެހީތެރި ވުމަކީ މިފަދަ މާތް ކަމެކެވެ. މިކަމަށް ވިސްނާލުން މުހިއްމެވެ. ގަނެވިއްކުމުގައި މަކަރު ނަހަދާށެވެ. މާތްﷲ ގެ ހަޟުރަތުގައި ޖަވާބުދާރީ ވާންޖެހޭ ދުވަސް އެބަ އޮތެވެ. އެދުވަހަށް ތައްޔާރުވާށެވެ.

