މި މުޖުތަމައު ގައި މިތިބެނީ ވަރަށް ފާޑެއްގެ ބައެކެވެ. ފަލަވުމުމުން މީހާ ސިފަކުރަނީ ބެޓަރިއެއް ނޫނީ ބަރަބޮލެއް ކަހަލަ އެއްޗަކަށެވެ. ހިކިވުމުން ދަނޑިބުރިއެއް ނޫނީ މުރަނގަ ތޮޅިއެއްގެ ނަމުން ގޮވައެވެ. ފަލަވިޔަސް ހިކިވިޔަސް ސަލާމަތެއް ނެތެވެ.
ފަލަ ވީމާ ހިކިވާން އެތަށް ވަގުތަކާއި ހޭދައެއް ކުރަން ޖެހޭ މީހުންނާއި އެއްވަރަށް މާބޮޑަށް ބަރުދަން ލުއިވުމުން ވެސް ހަށިގަނޑު ރީތިކުރުމަށް ހޭދަކުރަންޖެހޭ މީހުން މަދެއް ނޫނެވެ. މިއަދު މިގެނެސްދެނީ އެފަދަ މީހުންނަށް ހާއްސަ ބުއިމެކެވެ.
ޝޭކް ހެދުމަށް ބޭނުންވާ ތަކެތި:
12 ކެޝޫނަޓް
12 އަލްމަންޑް
6 ހިކިމޭބިސްކަދުރު
2 ކަދުރު
1 ތަށި ކިރު
3 ވަކި ދޮންކެޔޮ
1 ސަމްސާ މާމުއި
ތައްޔާރުކުރާނެ ގޮތް:
ކެޝޫނަޓް، އަލްމަންޑް،އަދި ހިކިމޭބިސް ކަދުރާއި ކަދުރު ތައްޓަކަށް ކުޑަކިރު ފޮދެއް އަޅާފައި އިރުކޮޅަކު ބަހައްޓަލުމަށް ފަހު ދޮންކޭލާއި މާމުއި އަދި ކިރުއަޅާފައި ބެހެއްޓި ޑްރައިފުރުޓާއި ކިރު ތަށި މިކްސަރަށް އަޅާލުމަށް ފަހު ގިރާލާށެވެ. ތައްޔާރު ތިކުރެވުނީ ވަރަށް ފައިދާހުރި ބަނާނާ މިލްކްޝޭކެކެވެ.
ކޮންމެ ދުވަހަކު ހެނދުނު މި ޝޭކުގެ އަޖުމަ ބަލާލާށެވެ. ހިކިއަނަރޫފަވެގެން މީހުން ކުރަމުން އަންނަ މަލާމާތަށް ނިމުން އަންނާނެކަން ކަން ޔަގީނެވެ. މޫނުމައްޗަށް އުޖާލާކަން ގެނެސްދޭނެއެވެ.

