ފާއިތުވި 20 އަހަރުގެ ތެރޭގައި އުފެދުނު އެންމެ ވަރުގަދަ ސޯލާ ތޫފާނަށް ފަހު ހުކުރު ދުވަހު ނޮދަން ލައިޓްގެ ހިތްގައިމު މަންޒަރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަނީ ފެނިފައެވެ.
އަރޯރާ ބޯރިލިސްގެ ނަމުން ނަން ދީފައިވާ ރޭގަނޑު އުޑުމަތިން ފެންނަ މި ކުލަގަދަ އަލިގަނޑު ޔޫރަޕްގެ ގިނަ ހިސާބުތަކުން ވަނީ ފެނިފައެވެ.

ލަންޑަން، އޮންޓޭރިއޯ ކައިރީގައި އޮންނަ މަގެއްގައި ނޮދަން ލައިޓްތައް ބަލަން މީހުން މަޑުކޮށްލައިގެން
ނޮދަން ލައިޓްގެ އަލިން އެމެރިކާ، ކެނެޑާ އަދި އޮސްޓްރޭލިއާގެ ބައެއް ސަރަހައްދުތަކުގެ އުޑުމަތި ވެސް އަލިވެގެން ދިޔަ އެވެ.
މި ހިތްގައިމު ކުލަތައް އުޑު މައްޗަށް ވެރިވެފައިވަނީ ހުކުރު ދުވަހު ދުނިޔެއަށް އެރި ބާރުގަދަ ޖިއޮމެގްނެޓިކް ތޫފާނެއްގެ ސަބަބުންނެވެ.

ޔޫކްރެއިންގެ އިރުއުތުރުގައި އޮންނަ ޚަރްކީވްގައި ނޮދަން ލައިޓްސް
އަދި ދުނިޔޭގެ މެގްނެޓިކް ފީލްޑަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވެދާނެ ހުރަސްތަކަށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ސެޓެލައިޓް އޮޕަރޭޓަރުންނާއި އެއާލައިންތަކާއި ޕަވާ ގްރިޑަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ.

އެޑިންބަރާގެ ސްކޮޓްލޭންޑްގެ މަތީގައި އުފެދުނު ސޯލާ ތޫފާނެއްގެ ތެރެއިން ނޮދާން ލައިޓްތައް
ގިނަ ބަޔަކު ވަނީ އަރޯރާގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޕޯސްޓުކޮށްފައެވެ.
ރަޝިޔާގެ އެކި ސަރަޙައްދުތަކުގައި، ޚާއްޞަކޮށް މޮސްކޯ ސަރަޙައްދުގެ އިތުރުން ސަރަޓޮވް އާއި ވޮރޯނެޒްގައި ވެސް ނޮދަން ލައިޓްސް ވަނީ ފެނިފައެވެ.

ޖިއޮމެގްނެޓިކް ތޫފާނަކަށްފަހު އޮހައިއޯ މަތިން ފެނުނު ނޮދަން ލައިޓްގެ އަލިތައް
އުތުރުގެ ލައިޓްތައް އާންމުގޮތެއްގައި ފެންނަނީ ނޯވޭ، ސްވިޑަން، ފިންލޭންޑް، އައިސްލޭންޑް އަދި އެލަސްކާ ފަދަ ދުނިޔޭގެ އުތުުރު ދަނޑި ނުވަތަ މެގްނެޓިކް ނޯރތް ޕޯލްއާއި ކައިރީގައި ހުންނަ ސަރަހައްދުތަކަށެވެ.

