އޮކްސްފޯޑް-އެސްޓްރާޒެނެކާ ކޮވިޑް ވެކްސިން ދުނިޔޭގެ ބާޒާރުން އަނބުރާ ނަގަން ނިންމާފައިވަނީ، އެ ވެކްސިންގެ ސަބަބުން ވަރަށް މަދުން ދިމާވާ ނުރައްކާތެރި ސައިޑް އިފެކްޓެއް ކުރިމަތިވެދާނެ ކަމަށް އެ ކުންފުނިން ކޯޓުގައި އިއުތިރާފުވިތާ އެތައް މަހެއް ފަހުންނެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގައި މި ވެކްސިން ބޭނުން ނުކުރެވެނީ އެ ކުންފުނިން އަމިއްލަ އަށް މާކެޓިން އޮތޮރައިޒޭޝަން އަނބުރާ ނެގުމުންނެވެ. ވެކްސިން ނެގުމަށް އެދި ހުށަހަޅާފައިވަނީ މާޗް މަހުގެ ފަސް ވަނަ ދުވަހުއެވެ.އަދި މި މައްސަލައަށް ގޮތެއް ނިންމާފައިވަނީ މިދިޔަ ހަފްތާގެ އަންގާރަ ދުވަހު އެވެ.
އަދި ކުރިއަށް އޮތް މަސްތަކުގައި ވެސް އިނގިރޭސިވިލާތާއި ވެކްސިނަށް ހުއްދަ ދިން އެހެން ގައުމުތަކުގައި ވެސް މިފަދަ އެޕްލިކޭޝަންތައް ހުށަހަޅާނެ ކަމަށާއި އެއީ އަދި ކުރިއަށް އޮތް މަސްތަކުގައި ވެސް އިނގިރޭސިވިލާތާއި ވެކްސިނަށް ހުއްދަ ދިން އެހެން ގައުމުތަކުގައި ވެސް މި ވެކްސިންގެ އިތުރުން ވެކްސްޒެވްރިއާ ވެކްސިންވެސް ބާޒާރުން ނެގުމަށް އެޕްލިކޭޝަންތައް ވަނީ ހުށަހަޅާފައެވެ.
ކުރީގެ އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޯރިސް ޖޯންސަން އިނގިރޭސިވިލާތުގެ ސައިންސަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކޮށް، ހަ މިލިއަނަށް ވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރި ކަމަށް ބުނާ މި ވެކްސިން މަރކެޓުން އަނބުރާ ނެގުމަށް ނިންމި ނިންމުމާ އެކު މި ވެކްސިން ބޭނުންކުރުން ވަނީ ހުއްޓާލާފައެވެ.
އެސްޓްރާޒެނެކާ އިން ބުނީ މި ވެކްސިން ބާޒާރުން ނައްތާލަނީ ވިޔަފާރީގެ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި އާ ވޭރިއަންޓްތަކަށް އަޕްޑޭޓް ކޮށްފައިވާ ވެކްސިންތަށް ބޭނުންކުރާތީ އެ ވެކްސިން މިހާރު އުފައްދައި ސަޕްލައި ނުކުރާ ކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.
މިފަހަކަށް އައިސް ވެކްސްޒެވްރިއާއަކީ ވަރަށް މަދުން ނޫނީ ނުފެންނަ ސައިޑް އިފެކްޓެއްގެ ސަބަބުން ލޭ ގަނޑުވެ ލޭގެ ޕްލެޓްލެޓް ކައުންޓް ދަށްވާކަން ވަނީ ފާހަގަކުރެވިފައެވެ. އެސްޓްރަޒެނެކާ އިން މިދިޔަ ފެބްރުއަރީ މަހު ހައިކޯޓަށް ހުށަހެޅި ކޯޓު ލިޔުންތަކުގައި އިއުތިރާފުވެފައި ވަނީ އެ ވެކްސިންގެ ސަބަބުން ވަރަށް މަދު ހާލަތެއްގައި ޓީޓީއެސްގެ ޝިކާރައަކަށް ވެދާނެ ކަމަށެވެ.
ތްރޮމްބޯސައިޓޯޕެނިއާ ސިންޑްރޯމް ގެ ނަމުން ނަން ދީފައިވާ ޓީޓީއެސް އަކީ އިނގިރޭސިވިލާތުގައި 81 މީހުން މަރުވެ އެތައް ސަތޭކަ ސީރިއަސް މައްސަލަތަކާއި ގުޅިފައިވާ ބައްޔެކެވެ. އެސްޓްރަޒެނެކާގެ މައްޗަށް ހައިކޯޓުގެ މައްސަލައެއްގައި ދައުވާ ކުރަނީ މި ވެކްސިންގެ ސަބަބުން މަރުވި ކަމަށް ތުހުމަތު ކުރެވޭ 50 އަށް ވުރެ ގިނަ މީހުންގެ އާއިލާތަކުންނެވެ.
ޓީޓީއެސްގެ އަލާމާތްތަކުގެ ތެރޭގައި ގަދަޔަށް ބޮލުގައި ރިއްސުމާއި، ލޮލުގެ ފެނުން ފުސްވުމާއި، ވާހަކަ ދެއްކުމަށް އުދަނގޫވުމުގެ އިތުރުން ހަށިގަނޑުގެ ވަރުދެރަވުން ހިމެނެއެވެ.
ނަމަވެސް އެސްޓްރަޒެނެކާ އިން ބުނަމުން ދަނީ ވެކްސިން އަނބުރާ ގެންދަން ނިންމި ނިންމުމަކީ ކޯޓް ކޭސްއާ ނުވަތަ އޭގެ ސަބަބުން ޓީޓީއެސް ޖެހިދާނެ ކަމަށް އިއުތިރާފުވުމާ ގުޅިފައިވާ ނިންމުމެއް ނޫން ކަމަށެވެ. އަދި އެ ވަގުތަކީ ސާފު އިއްތިފާގެއް ކަމަށް ބުނެފައިވެ އެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ބަލިމަޑުކަން ނިމުމަކަށް ގެނައުމަށް ވެކްސްޒެވްރިއާ ވަރަށް މުހިންމު ދައުރެއް އަދާކުރިކަމަށެވެ. އަންދާޒާކުރެވޭ ގޮތުގައި ބޭނުންކުރި ފުރަތަމަ އަހަރު އެކަނިވެސް 6.5 މިލިއަނަށްވުރެ ގިނަ މީހުންގެ ފުރާނަ ސަލާމަތްކުރެވި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ވެކްސިންގެ ތިން ބިލިއަނަށްވުރެ ގިނަ ޑޯޒް ވަނީ ފުރިހަމަކޮށްފައެވެ.
ޓެލެގްރާފަށް އަންގާފައި ވަނީ އެ ކުންފުނިން ރެގިއުލޭޓަރީ އެޕްރޫވަލް އޮންނަ އިނގިރޭސިވިލާތް ފަދަ އެހެން ގައުމުތަކުގެ މާކެޓިން ހުއްދަ އަނބުރާ ނަގާނެ ކަމަށެވެ. އެސްޓްރާޒެނެކާއިން މި ވެކްސިން އެމެރިކާގައި ބޭނުންކުރުމުގެ ހުއްދަ ދީފައެއް ނުވެއެވެ.
އޮކްސްފޯޑް-އެސްޓްރާޒެނެކާ ވެކްސިން ބޭނުންކުރުން ސަރުކާރުން ހުއްޓާލީ 2021 ވަނަ އަހަރުގެ އޯޓަމް މަހުގެ ތެރޭގައި ކަމަށާއި އޭރު އިނގިރޭސިވިލާތުގައި ގާތްގަނޑަކަށް 50 މިލިއަން ޑޯޒް ސަޕްލައިކޮށްފައިވެއެވެ. އިނގިރޭސިވިލާތުގައި 2021 ވަނަ އަހަރުގެ ފަހުކޮޅު ފިނި މޫސުމުގެ ބޫސްޓާ ކެމްޕެއިނަށް ވަގުތުން ފައިޒާ އަދި މޮޑާނާ ވެކްސިން ޖަހަން ފެށި އެވެ.
އީޔޫގެ ތެރޭގައި ބޭހާއި ބޭހުގެ ރައްކާތެރިކަން ބަލަހައްޓާ ޖަމިއްޔާ، ޔޫރަޕިއަން މެޑިސިންސް އެޖެންސީގެ ހެޑް އޮފް ވެކްސިން މާކޯ ކަވަލެރީ އިޓަލީގެ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނީ އެސްޓްރަޒެނެކާ އިން އެންޓި-ކޮވިޑް ވެކްސިން ވެކްސްޒެވްރިއާގެ ހުއްދަ އަނބުރާ ނަގާނެ ކަމަށާއި އެކަން ކުރުމަށް ޔޫރަޕިއަން ކޮމިޝަނުން ރަސްމީކޮށް ފަށާފައިވާ ކަމަށެވެ.
ހައިކޯޓުގެ މައްސަލާގައި ދައުވާ ކުރާ ފަރާތްތަކުގެ ވަކީލުން ބުނަނީ އެ ބޭހުގެ ސަބަބުން ވެކްސިން އިންޑިއުސްޑް އިމިއުން ތްރޮމްބޮސައިޓޯޕެނިއާ އެންޑް ތްރޮމްބޯސިސް (ވީއައިޓީޓީ) ނުވަތަ ތްރޮމްބޯސިސް (ވީއައިޓީޓީ) ޖެހޭ ކަމަށާއި އެއީ ހީކުރި ވަރުގެ ރައްކާތެރި ވެކްސިނެއް ނޫން ކަމަށެވެ. އެސްޓްރަޒެނެކާ އިން އަބަދުވެސް ބުނަމުން އަންނަނީ ބަލިމީހުންގެ ރައްކާތެރިކަމަށް ވަރަށް ބޮޑަށް އިސްކަން ދޭ ކަމަށެވެ.
ވެކްސިން ޖެހުމަށް ފަހު ފިރިމީހާ ޖޭމީގެ ސިކުނޑިއަށް ގެއްލުން ލިބުމުގެ ސަބަބުން، އިނގިރޭސިވިލާތުގައި ގާނޫނީ މައްސަލަ ހުށައެޅި ފުރަތަމަ މީހާ ކޭޓް ސްކޮޓް ބުނި ގޮތުގައި އެސްޓްރަޒެނެކާގެ ކޮވިޑް ވެކްސިން އިނގިރޭސިވިލާތާއި ޔޫރަޕްގައި އަދި ވަރަށް އަވަހަށް ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް ބޭނުން ކުރުން ހުއްޓާލައިފިނަމަ އިތުރު މީހަކު މި ނުރައްކާތެރި ވެކްސިންގެ ޝިކާރައަކަށް ވެގެން ނުދާނެއެވެ.

