ބޭންކް އޮފް މޯލްޑިވްސް އިން ހިދުމަތް ދޭ ވިޔަފާރިތަކަށް ޗައިނާގެ ވީޗެޓް ޕޭ މެދުވެރިކޮށް ފައިސާ ދެއްކޭނެ ގޮތް މިއަދު ހަދައިފި އެވެ.
އެ ބޭންކުން ހާމަކުރި ގޮތުގައި މިހާރު ވީޗެޓް ޕޭގެ ކިއުއާރު ކޯޑް ޕޭމަންޓުތައް މާޗަންޓުންނަށް ބަލައިގަނެވޭނެ އެވެ. ބީއެމްއެލްގެ ޕީއޯއެސްވީޗެޓް ޕޭއަކީ މޯބައިލް ޕޭމަންޓުތައް ހެދޭ ޑިޖިޓަލް ވޮލެޓެކެވެ. މިދިޔަ 2023 ނިމުނުއިރު އެ ހިދުމަތް 1.1 ބިލިއަން މީހުން ބޭނުންކުރެ އެވެ.
ރާއްޖެއަށް ގިނަ އަދަދެއްގެ ޗައިނާ ޓޫރިސްޓުން ޒިޔާރަތްކުރާއިރު މިއީ އެ މީހުންނަށް ރާއްޖޭގައި ހޯދާ ހިދުމަތްތަކަށް ފައިސާ ދެއްކުމުގައި ފަސޭހަ ވެގެންދާނެ އެވެ. ނެޓްވޯކުގައި ވީޗެޓް ޕޭ މިހާރު ވަނީ ހިމަނާފަ އެވެ.
ބީއެމްއެލްއަކީ ރާއްޖޭގައި މާޗަންޓް ޕޭމަންޓް ސޮލިއުޝަން އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެކި ވިޔަފާރި ސެގްމެންޓްތަކާއި ކަސްޓަމަރުން ބޭނުންވާ ގިނަ ޕްރޮޑަކްޓްތަކާއި ހިދުމަތްތައް ފޯރުކޮށްދޭ ބޭންކެކެވެ.
އެގޮތުން އެމެރިކަން އެކްސްޕްރެސް، ވިސާ، މާސްޓަކާޑް، ޔޫނިއަން ޕޭ ފަދަ ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ދޫކުރާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ އިތުރުން ބީއެމްއެލް ޕޭ، އަލީ ޕޭ، އެޕަލް ޕޭ، އަދި ގޫގުލް ޕޭ ފަދަ ޑިޖިޓަލް ވޮލެޓް މެދުވެރިކޮށް ފައިސާ ބަލައިގަނޭވޭ ހިދުމަތް ބީއެމްއެލް އިން ދަނީ ފޯރުކޮށްދެމުންނެވެ.

