އިސްލާމިކް މިނިސްޓްރީން އިސްނަގައިގެން ކުރިއަށްދާ އިލްމީ ދައުރާގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މިއީ ސައުދީގެ އިސްލާމިކް މިނިސްޓްރީއާއި، ގުޅިގެން ކުރިއަށްދާ ޕްރޮގުރާމެއް ކަމަށެވެ. މި ޕްރޮގުރާމްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ.
އެ ޕޮރޮގުރާމްގައި ބައިވެރިވެވޭނީ އިލްމު ވެރިންނާއި އިމާމުންނާއި، ހަތީބުން އަދި ދާއިން އަރަބިއްޔާ ސުކޫލުގެ މަތި ގްރޭޑްތަކުގެ ދަރިވަރުންނަށް ކަމަށެވެ.
މީގެ އިތުރުން އައި.ޔޫ. އެމް އަދި އެމްއެންޔޫގެ ދަރިވަރުނާއި އަރަބި ދަންނަ ކޮލެޖް ޔުނިވަސިޓީގެ ދަރިވަރުންގެ އިތުރުން އަރަބި ދަންނަ އެންމެހާ ފަރާތްތަކަށް ބައިވެރި ވެވޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
ޕްރޮގުރާމް ކުރިއަށްދާނީ އިސްލާމީ މަރުކަޒުގަ ޖަލްސާކުރާ މާލަމުގައި ކަމަށާއި، މި މަހުގެ 21 ކުރިން ބައިވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް އިސްލާމިކް މިނިސްޓރީން ބުނެއެވެ.

