ބަނޑޭރިކޮށީގެ އެޕާޓްމަންޓެއްގެތެރޭ މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުގެ އޮޓޮޕްސީ ހަދަން ނިންމާފައިވާކަން ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ ބަނޑޭރި ކޮށީގެ އެޕާޓްމަންޓެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނު މީހާ އަކީ ދިވެހި ފިރިހެނެއް ކަމަށާއި، އޭނާގެ އުމުރުން 30 އަހަރު ކަމަށެވެ.
މި މަރާއިގުޅިގެން އިތުރު އެއެއްވެސް ތަފްޞީލެއް ފުލުހުންގެ ހާމަކޮށްފައިނުވެއެވެ.
ފުލުހުން ބުނީ އެ މީހާ ފެނުނު އެޕާޓްމަންޓަކީ މީހުން ދިރިނޫޅޭ އެޕާޓްމަންޓެއްކަމަށެވެ.
މި މައްސަލަ އިތުރަށް ތަޙުޤީގުކުރަމުންދާކަމަށް ފުލުހުން ބުނެފައި ވެއެވެ.

