ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ހއ ދިއްދޫގެ ގެތަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.
ދިއްދޫ ކައުންސިލްގެ ނައިބު ރައީސް ” ހުވަދޫ ” އަށް ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި، ގަދަވަޔާއި އެކު އެރަށުގެ ހަތަރު ގެއެއްގެ ފުރާޅު އެއްލާލާފައިވާ ކަމަށެވެ. އަދި ވިއްސައިގެން ދިޔަ ފުރާޅުތަކުން ކައިރީގައި ތިބި ގެތަކަށް ވެސް އެކި ވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.
މިވަގުތު ވީއެންމެ އަވަހަށް ބަލަމުންދަނީ ވީހާވެސް އަވަހަށް ލިބުނު ގެއްލުންތަކުން އަވަހަށް އަރައިގަނެ ނޯމަލް ހާލަތަކަށް ގެނައުމުގެ މަސައްކަތް ކަމަށެވެ. އޭގެ ފަހުން ލިބުނީ ކިހާވަރެއްގެ ގެއްލުންތައް ބަލައި ކަމާއި ގުޅުން ހުރި ފަރާތްތަކަށް ފޮނުވާނެ ކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަައިގެ ރޭ ވަނީ އުތުރުގެ ރަށްތަކަށް ވައިޓް އެލާޓް ނެރެފައެވެ. މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށީގެން ގދ އަތޮޅާއި ހަމައަށެވެ. އެގޮތުން މި ސަރަހައްދަށް ސަމާލު ނެރެފައިވަނީ މިރޭގެ 18:00 އިން ފެށިގެން ދަންވަރު 00:00 އާ ހަމައަށެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނީ މި މުއްދަތުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

