މަސްތުވާތަކެތީގެ މައްސަލައެއްގެ ތަހުގީގަށް އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ލ. ގަމު އަލީ އާނިމު ހޯދުމަށް ފުހުން ފަށައިފިއެވެ.
އަލީ އާނިމް / ލ. ގަން، މުކުރިމަގު، ޑޭޑުރޫމް (24އ) ހޯދަމުންދަނީ ޑްރަގް އެންފޯސްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް ކަމަށާއި، އޭނާ ހާޒިރުކުރުމަށް ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ އާނިމު ހޯދުމުގެ މަސައްކަތް ކުރަމުން މިދަނީ ޖިނާއީ މައްސަލަތައް ތަހުގީގުކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކަަމަށެވެ. އެހެންކަމުން މައްސަލައިގެ ތަހުގީގަށް ސުވާލުކުރުމަށް ފުލުހުންގެ އިދާރާއަށް ހާޒިރުވުމަށްވެސް ވަނީ އަންގާފައެވެ.
އާނިމް މި މައްސަލައާ ގުޅޭ ގޮތުން ހާޒިރުވާން ޖެހޭނީ ސަރޖަންޓް އާދަމް ހަލީމް ކްރައިމް އިންވެސްޓިގޭޝަން ބިލްޑިންގ ނުވަތަ އެންމެ ކައިރީގައިވާ ޕޮލިސް ސްޓޭޝަނަކަށް، ކަމަށާއ، 2024 މެއި 21 ވަނަ ދުވަހުގެ 11:00 ގެ ކުރިން ހާޒިރުވާން ޖެހޭނެ ކަމަށްވެސް ބުނެފައި ވެއެވެ.

