ޒަކާތުގެ މަޢުލޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަރުސް ބާއްވައިފިއެވެ.
މިއަދުގެ ހުކުރު ޚުތުބާ ޚާއްސަކުރެވިފައިވަނީ ވެސް ޒަކާތުގެ މައުޟޫއަށެވެ. ޚުތުބާގެ އިތުރުން، މާލޭ ސިޓީ ހިމެނޭ ގޮތަށް މަޣުރިބު ނަމާދަށްފަހު މުދަލު ޒަކާތުގެ އުސޫލުތަކާއި މުހިއްމުކަމާ ބެހޭ ގޮތުން އިތުރު ދީނީ ދަރުސްތައް ވަނީ ބާއްވާފައެވެ.
މާލޭގެ މިސްކިތްތަކުގެ އިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް މުދަލު ޒަކާތާއި ގުޅޭ ދަރުސް މިއަދު މަޣުރިބު ނަމާދަށްފަހު ކުރިއަށް ދިޔައެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ދަރުސްތަކުގެ މަޤްޞަދަކީ، މުޖުތަމަޢުގެ ތެރޭގައި އިޖްތިމާޢީ ރައްކާތެރިކަމާއި ހަމަހަމަކަން ކުރިއެރުވުމުގައި އިސްލާމީ އުސޫލްތަކަށް ބާރުއަޅައި، މުދަލު ޒަކާތުގެ މުހިންމުކަމަށް ހޭލުންތެރި ކުރުވުން ކަމަށެވެ.
މިއަދު ބާއްވާ ދަރުސްތަކުގައި ވީހާވެސް ގިނަ ފަރާތްތަކުން ބައިވެރިވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން އިލްތިމާސްކުރެއްވިއެވެ. މި ދަރުސްތަކުގައި ބައިވެރިވުމަށް ބާރުއަޅަނީ މީގެ ސަބަބުން ޒަކާތާއި ގުޅޭ ޢިލްމު އިތުރުކޮށް، ޒަކާތުގެ ވާޖިބު އަދާކުރުމަށް ބާރުއެޅުމަށް ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.

