ތިނަދޫ ސިޓީ ދެކެނު ދާއިރާގެ އިންތިހާބީ މެމްބަރު މުހައްމަދު އަލްސަން އަހުމަދު އެ ސީޓީއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.
21 އެޕްރީލްގައި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަލްސަން ވަނީ ބޮޑު އައުލަބިއްތަޔަތަކުން އިންތިހާބު ކާމިޔާބު ކުރައްވާފައެވެ. އަލްސަން އިންތިހާބު ކާމިޔާބު ކުރެއްވިފަހުން މިއީ ތިނަދޫ ސިޓީއަށް ވަޑައިގަންނެވި ފުރަތަމަ ފަހަރެވެ.
އަލްސަން ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ތިނަދޫ ދެކުނު ދާއިރާގެ ގިނައަދަދެއްގެ ބަޔަކުވަނީ ކާޑެއްދޫ އެއަރޕޯޓަށް ގޮސްފައެވެ.
އަލްސަން ވަނީ އިންތިހާބުވެ ވަޑައިގެންނެވި ފަހުންރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން ސަރުކާރުގެ އިސް ބައެއް ފަރާތްތަކާވެސް ބައްދަލު ކުރައްވާފައެވެ.

ތިނަދޫ ދެކެނު ދާއިރާގެ އިންތިހާބީ މެމްބަރު އަލްސަންގެ ފުރަތަމަ ދަތުރު، ދާއިރާއިން ހޫނު މަރުހަބާއެއް
އަލްސަން ވިދާޅުވީ، ރައީސް އާ ބައްދަލުކޮށް ވާހަކަދެއްކީ ތިނަދޫގެ ތަރައްގީއާ ގުޅޭގޮތުން ކަމަށެވެ.
އޭނާ ވިދާޅުވީ ތިނަދޫއަށް އަދަށް ވުރެން ފަހި މާދަމާއެއް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި، ރައްޔިތުން ކުރެއްވި އިތުބާރު ނަގަހައްޓައި، ރައްޔިތުން އެދޭ ބަދަލު ދާއިރާއަށް ގެނައުމަށް ވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

